އއ. ފެރިދޫ ކައުންސިލާ ވަޒީރު އާދަމް ޝަރީފު ޢުމަރު ބައްދަލުކުރައްވައިފި

އަލީ އަޒްލީފް
25 Jul 2024
ހަބަރު

އއ. ފެރިދޫ ކައުންސިލާ ވަޒީރު އާދަމް ޝަރީފު ޢުމަރު ބައްދަލުކުރައްވައިފިއެވެ. އިއްޔެ މި ވުޒާރާގައި އޮތް މި ބައްދަލުވުމުގައި އެ ކައުންސިލުގެ ބައެއް ކަންބޮޑުވުންތައް ވަޒީރާ އަޑުއެއްސެވިއެވެ.

މި ބައްދަލުވުމުގައި އެ ރަށުގައި ޕޮލިސް ސްޓޭޝަނެއް ޤާއިމުކުރުމަށް ބޭނުންވާ ޢިމާރާތެއް މިހާރު ރައްޔިތުން ހަމަޖައްސައިދީފައިވާ ކަމަށާ، އެހެން ކަމުން ޕޮލިހުންގެ ޚިދުމަތް އެ ރަށުގައި ފެށޭނެ ގޮތް ހައްދަވައިދިނުމަށް ވަޒީރުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އެ ކައުންސިލުގެ މެންބަރުން ދެއްކެވި ވާހަކާގައި އެ ރަށަކީ ރާއްޖޭގައި އެންމެ ކުޑަ ބަޖެޓް ލިބޭ 12 ރަށުގެ ތެރޭގައި ހިމެނޭ ރަށަކަށް ވާތީ ރަށުގެ ބިމުން ނަފާ ލިބޭނެ ގޮތްތައް ކައުންސިލަށް ފަހިވުމުގެ ބޭނުންތެރިކަމާ މެދު މަޝްވަރާކުރެވުނެވެ.

އެ ގޮތުން، އެ ރަށުގައި ޓުއަރިޒަމް ޒޯނެއް ކަނޑައެޅުމަށް ކުރައްވަމުން އަންނަ މަސައްކަތް ކާމިޔާބުކޮށް ދެއްވުމުގައި ވަޒީރުގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ.

އިއްޔެގެ މި ބައްދަލުވުމުގައި ފެރިދޫ ހިމެނޭ ކުލަސްޓަރގެ ވެރިން ބައިވެރިވެލެއްވިއެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު