ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު

ނުއަގުގައި ދޯންޏެއް ކުއްޔަށް ހިފިކަމަށް ދެކެވޭ ވާހަކަ ފެނަކައިން ދޮގުކޮށްފި

އައިޝަތު ޝިއުރާ
13 Jul 2024
ހަބަރު

ފެނަކައިން ނުއަގުގައި ދޯންޏެއް ކުއްޔަށް ހިފިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުން އަންނަ ވާހަކަތައް ފެނަކައިން ދޮގުކޮށްފިއެވެ. 

ފެނަކައިން އެކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއީ ފެނަކައިން އެކި ތާރީޚުތަކުގައި ތަފާތު ބޭނުންތަކަށް ކޮށްފައިވާ މުއާމަލާތްތަކެއްގެ ލިޔެކިޔުންތަކުން ބައެއް ނަކަލުކޮށްގެން އެއީ އެއް ކަމަކަށް ކޮށްފައިވާ އެއް މުއާމަލާތެއް ކަމަށް ދައްކަންކޮށްފައިވާ މަސައްކަތެއްކަމަށެވެ. 

އެކަމަކީ ފާއިތުވި 7 މަސް ދުވަހުގެ ތެރޭގައި ކުންފުނީގެ އަދުގެ މެނޭޖްމެންޓުން ކުންފުނީގެ ޕްރޮކިއުމަންޓް މުއާމަލާތްތައް ހަރުދަނާކޮށް، ކުންފުންޏަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ކުންފުނިން ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ އިތުބާރު އަލުން ހޯދަމުންދާ ދިއުމަށް ހުރަސް އަޅައި، ހަގީގަތް އޮޅުވާލައި ފިތުނަވެރި ވާހަކަތަކާއި އަޑުތައް ބޭނުންކޮށްގެން ކުންފުނީގެ ސާފުވަމުންދާ ނަން ކިލަނބު ކުރުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ނާތަހުޒީބު މަސައްކަތްތަކެއްކަމަށްވެސް ފެނަކައިން ބުނެއެވެ. އަދި މިއީ ޣައިރު ޒިންމާދާރު، އަދި މިނިވަން ނޫސްވެރިކަމުގެ ނިވަލުގައި ތިބެ، މުޖްތަމައު ފަސާދަ ކުރުމަށް ރޭވިގެން ހިންގާ ސިލްސިލާގެ ތެރެއިން ބޮޅެއް ކަމުގައި ފެނަކައިން ބުނެއެވެ.

އެ ކުންފުންޏަކީ ރާއްޖޭގެ 157 ރަށުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުންދާ ކުންފުންޏަކަށްވެފައި، ހިދުމަތްތަކަށް ބޭނުންވާ އެންމެ އަސާސީ ތަކެތި ވެސް ރަށްރަށުން ލިބެން ނުހުންނައިރު، ރަށްރަށުގެ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި އިތުބާރާއެކު އެހިދުމަތްތައް ފޯރުކޮށްދިނުމަށް ކޮންމެހެން ފޮނުވަން ޖެހޭ ގިނަ އަދަދެއްގެ ތަކެތި މާލޭން އެރަށްރަށަށް އަދި އެއް ރަށުން އަނެއް ރަށަށް ފޮނުވުމަކީ ކުންފުނީގެ ދުވަހުން ދުވަހަށް ކުރެވޭ މުހިންމު މަސައްކަތުގެ ތެރެއިން ބައެއް ކަމަށް ފެނަކައިން ބުނެއެވެ.

"ފާއިތުވިތަނުގައި ވަކި ދަތުރުތަކަށް ދޯނި ފަހަރު ނަގައި، އެވްރެޖް ގޮތެއްގައި 7 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް ދަތުރުފަތުރަށް ހަމަޖައްސައި، އެ ކަމުން ނާޖައިޒު ފައިދާތަކެއް ބަޔަކު ނަގާފައި އޮތްއޮތުން ނިމުމަކަށް ގެނެސް، ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތުގައި އެއް ކުރެވެން ހުންނަ ދަތުރުތައް އެއްކޮށް، ގިނަ ދަތުރުތައް ކުރަން ޖެހުނަސް ހަރަދު ބޮޑުވެގެން ނުދާނެކަން ކަށަވަރު ކުރެވެނިވި ގޮތަކަށް ކުންފުނީގެ ތާރީހުގައި އެންމެ ކުޑަ އަގުގައި، ކުންފުނީގައި ކަނޑައަޅާފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން ކުންފުނީގެ އަދުގެ މެނޭޖްމަންޓުން އެކަން ހަރުދަނާކޮށް އިންތިޒާމު ކުރަމުންދާ ދިއުން، ކުރިން އެކަންކަމުން ނާޖައިޒު ފައިދާ ހޯދި އަދި ހޯދައިދިން ފަރާތްތަކުން ދަތި އިހްސާސްތަކަކަށް ވުމަކީ މިފަދަ ފިތުނަ ފަސާދަ އުފެއްދުމުގެ މައިގަނޑު އެއް ސަބަބުން ކަމުގައި މި ކުންފުނިން ދެކެމެވެ" ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.

ފެނަކައިން ވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ދެފުށް ފެންނަ ހަރުދަނާ އިންތިޒާމުތަކުގެ ތެރެއިން ރައްޔިތުންނާއި ގާތުން، ރައްޔިތުންނަށް ފައިދާ ހުރި ގޮތުގައި ހިދުމަތް ދިނުމުގައި ސިޔާސަތު ތަންފީޒު ކުރުމުގައި ސާބިތުކަމާއި އެކީ ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދީފައެވެ. 

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު