ނ އަތޮޅުގައި އާރުޓީއެލް ފެރީ ނިޒާމު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ނ އަތޮޅުގައި އާރުޓީއެފް ފެރީގެ ޚިދުމަތް ފަށައިފި

އައިޝަތު ޝިއުރާ
26 Jul 2024
ހަބަރު

މުޅި ރާއްޖެ ފެރީގެ ނިޒާމުން ގުޅައިލުމަށް އެމްޓީސީސީން ހިންގާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ނިޒާމުގެ ތެރެއިން، ނ. އަތޮޅުގައި ފެރީގެ ޚިދުމަތް އިފުތިތާހުކޮށްފިއެވެ.

މި ޚިދުމަތް އިފުތިތާހު ކުރުމަށް ނ. މަނަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، އާރްޓީއެލް ފެރީގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އަރިހުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ނ. އަތޮޅަށް ނިސްބަތްވާ ދާއިރާތަކުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ނ. އަތޮޅަށް ހާއްސަކޮށް އާރްޓީއެލް ފެރީގެ ގޮތުގައި އަދި ބޭނުން ކުރާނީ ދެ ލޯންޗް ފެރީއެވެ. މި ދަތުރުތައް ފެށުމަށް މީގެ ކުރިން ވަނީ ޓެސްޓް ބުރު ވެސް ބާއްވާފައެވެ.

އެމްޓީސީސީން ބުނީ، މިއަދުން ފެށިގެން އަންނަ މަހުގެ 1 ވަނަ ދުވަހާއި ހަމައަށް އާރްޓީއެލްގެ ފެރީގެ ދަތުރުތައް ކަސްޓަމަރުންނަށް ފޮރުކޮށްދޭނީ ހިލޭ ކަމަށެވެ. އަދި އޮގަސްޓް މަހުގެ 2 ވަނަ ދުވަހުން ފެށިގެން ދަތުރުތަކަށް ފައިސާ ނަގާނެ ކަމަށް ވަނީ ބުނެފައެވެ.

ޒޯން 2ގެ ނ. އަތޮޅުގެ އާރްޓީއެލް ފެރީ ހިދުމަތް ހަފްތާއަކު ހަތް ދުވަހު، ދެ ފެރީ މެދުވެރިކޮށް، 3 ރޫޓަކުން ލިބިވަޑައިގެންނަވާނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް މިހާރު ޖުމްލަ 4 ޒޯނަކަށް އެމްޓީސީސީ އިން ދެއެވެ. އެއީ ޒޯން 1 ގައި، ހއ. ހދ. އަދި ށ. އަތޮޅާއި، ޒޯން ދޭއްގައި ނ. ޅ. އަތޮޅު އަދި ޒޯން 5 ގައި ގއ. އާއި ގދ. އަތޮގެ އިތުރުން އަދި ޒޯން 6 ގައި ފުވައްމުލައް އަދި އައްޑޫ އަތޮޅެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކުތަކުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު