ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

އައިޝަތު ޝިއުރާ
27 Jul 2024
ހަބަރު

މި ސަރުކާރުން މިހާތަނަށް ޚަރަދުކޮށްފައިވާނީ ފައިސާ ޗާޕުނުކޮށް، ހަމައެކަނި ދައުލަތަށް ލިބުނު އާމުދަނީއިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާއި، ވަޒީރުންނާއި، ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިޤްތިޞާދީ ސިޔާދަތު ޔަޤީކުރުމަށް މި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ޙިއްޞާކުރައްވާފައެވެ.

އެގޮތުން ފަރުދުންގެ ފުދުންތެރިކަމާއި، ޢާއިލާގެ ފުދުންތެރިކަމާއި، ޖަމާޢަތުގެ ފުދުންތެރިކަން ޔަޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެމައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ.މި ދިޔަ ޖޫންމަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމުދަނީގެ ގޮތުގައި ހޯދިއްޖެކަމުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ފައިސާއިން ދައުލަތް ހިންގުމަށް ޚަރަދުކޮށް އަދި އެހެން ފަރާތްތަކަށް ދަރާފައިވާ ދަރަނިތައް ދެއްކުމަށްވެސް ހޭދަކޮށްފައިވާނެކަމަށެވެ. އަދި މިހާތަނަށް ދައްކަން ޖެހުނު އެއްވެސް ދަރަންޏެއް ނުދެއްކި ޑިފޯލްޓްވެފައި ނުވާނޭ ކަމަށެވެ.ސަރުކާރަށް އާމުދަނީ އިތުރުކުރުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވަނީ ސަރުކާރުގެ ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ހާމަކުރައްވާފައެވެ.

އެގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ހިންގުން ހަރުދަނާކުރުމަށް ކުރައްވަމުންދާ ކަންކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މިފްކޯ ހަރުދަނާ ކުރައްވާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ އެންމެ ރަނގަޅު ފެންވަރަށް ކަމަށެވެ.

މީގެ އިތުރުން، ޤާނޫނުތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ލޭންޑް ރެންޓު ނުވަތަ ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 513 މިލިއަން އެމެރިކާ ޑޮލަރު، ޓީ.ޖީ.އެސް.ޓިގެ ގޮތުގައި 102 މިލިއަން އެމެރިކާ ޑޮލަރު، ޖީ.އެސް.ޓީ ގޮތުގައި 3.3 ބިލިއަން ރުފިޔާ، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1 ބިލިއަން ރުފިޔާ އެބައޮތްކަމުގައި ފާހަގަކުރައްވައި މި ރުފިޔާ ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެއްވިއެވެ. އަދި މި ފައިސާ އެކަނި ހޯދިޔަސް ޤައުމުގެ ދަރަނީގެ މައްސަލަ ޙައްލުވީކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެއާއެކު ފަރުދުންގެ އާމުދަނީ އިތުރުކުރުމަށް މި ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާނެކަން ފާހަގަކުރައްވައި ރައީސުލްޖުމްހުރިއްޔާ ވަނީ އަންހެން ކަނބަލުންނަށް ޚާއްޞަ ލޯނުތައް ތަޢާރަފު ކުރައްވާނެކަމަށާއި، އުފެއްދުންތެރިން އުފައްދާ ތަކެތި ބައިނަލްއަޤްވާމީ ބާޒާރަށް ވިއްކޭނެ ޒަމާނީ އަދި ފަސޭހަ މަގުތައް ތަނަވަސް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިނިވަންކަން ހަޤީޤީ މާނާގައި ލިބެނީ މައިގަނޑު ތިންކަމެއް ހާސިލްވުމުން ކަމަށެވެ. އެ ތިންކަމަކީ އިޤްތިޞާދީ ސިޔާދަތު، އަމިއްލަވަންތަކަމުގެ ސިޔާދަތު، އަދި ސަލާމަތީ ނުވަތަ ދިފާޢީ ސިޔާދަތު ޔަޤީންވުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިތިން ކަންތައް ހާސިލުކުރުމަށް މި ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުތައް އެމަނިކުފާނު ވަރަށް ތަފުޞީލީގޮތެއްގައި މިރޭގެ ވާހަކަފުޅުގައި ރައްޔިތުންނާ ޙިއްޞާކުރެއްވިއެވެ.  

ކޮމެންޓް
އިތުރު ލިއުން
ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަންނަވައިފި
މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.
16 Oct 2025
ހަބަރު
ރައީސުލްޖުމްހޫރިއްޔާ، ށ. މަރޮށި ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. މަރޮށި ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ މަރޮށި މަދުރަސަތުލް މުނައްވަރާގެ އޮފީހުގައެވެ.
15 Oct 2025
ހަބަރު
ޤައުމަށް ފުދޭވަރަށް ދަނޑުވެރިކަން ފުޅާކުރެވޭނެކަމުގެ އުންމީދު އެބައޮތް: ރައީސުލްޖުމްހޫރިއްޔާ
ޤައުމަށް ފުދޭވަރަށް ދަނޑުވެރިކަން ފުޅާކޮށް، ފުޑް ސެކިއުރިޓީ ޤާއިމްކުރުމުގެ އުންމީދު އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
15 Oct 2025
ހަބަރު
ސިނގިރޭޓުން ކުރި ވައްކަން: އާއްޓޭގެ ބަންދަށް 15 ދުވަސް، ދިގަލިގެ ބަންދަށް 10 ދުވަސް
ހުޅުމާލެ ބަނދަރުން އެތެރެކުރި ސިނގިރޭޓްގެ ދެ ކޮންޓެއިނަރެއް ވަގަށް ނެގި މައްސަލައިގެ ރިންގްލީޑަރުންގެ ގޮތުގައި ފުލުހުން ތުހުމަތުކުރާ ހަތަރު މީހުންގެ ތެރެއިން ދެ ވިޔަފާރިވެރިން ބަންދަށް ފޮނުވާލައިފިއެވެ.
15 Oct 2025
ހަބަރު