ޕީއެންސީން ބޭއްވި ޖަލްސާގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވާހަކަ ދައްކަވަނީ- ވަގުތު އިމޭޖެސް

ޗައިނާއިން އައްޑުއަށް ސީދާ ދަތުރުތައް ވަރަށް އަވަހަށް ފެށޭނެ - ފައިސަލް

އަލީ ޝާހީން
12 Jul 2024
ހަބަރު

ޗައިނާއިން އައްޑުއަށް ސީދާ ދަތުރުތައް ވަރަށް އަވަހައް ފެށޭނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު، އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެންސީއުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ބޮޑު ތަސައްވުރެއް ކަމަށާއި އެކަމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

މީގެ އިތުރުން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ޗައިނާގައި އޮތް އައިޓީބީ ފެއާގައި ޗައިނާގެ އެއާލައިންތަކާ ބައްދަލުކޮށް ޗައިނާ އިން އައްްޑުއަށް ސީދާ ދަތުރުތަަށް ފެށުމަށް އެދިފައިވާކަމަށާއި އަދި ވަރަށް އަވަހައް ދަތުރުތަށް ފެށޭނެކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ ޕްލޭނަކީ އައްޑޫގައި ސީޕްލޭން ޓާމިނަލެއް ޤާއިމުކޮށް, ސީދާ ދަތުރުތައް ފަށައި, ފަތުރުވެރިކަން މުޅި ދެކުނަށް ޑައިވަރޓު ކުރުންކަމަށެވެ. 

އިތުރަށް ފައިސަލް ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ އެންމެ ބޮޑު ކަމަކީ ޝަންގްރިއްލާގެ އޮޕަރޭޝަން ފެށުން ކަމަށެވެ. އަދި ރައީސް ޑރ.މުޢިއްޒު ވަނީ އެ ކަން އެއް އަހަރު ތެރޭ ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައިކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ރައީސް ގެ ވައުދުފުޅު ފުރިހަމަ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުމުން ދާކަމަށް ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ޝަންގްރިއްލާގެ މެނޭޖްމަންޓާވެސް ބައްދަލުކުރެވިފައިވާކަމަށާއި އަދި ޝަންގްރިއްލާގެ އޯނަރުންނާ ބައްދަލުކުރުމަށް ދަތުރުކުރައްވަން ޖެހިވަޑައިގަންނަވާނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ފައިސަލް ރޭ ބޭއްވި ޖަލްސާގައިވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު