ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ފުވައްމުލައް ސިޓީ ޕީޕީއެމްގެ އިސްބޭފުޅުންނާއި ބައްދަލުކުރެއްވުން

ޑިފެންސް މިނިސްޓަރ ފުވައްމުލަކް ސިޓީ ޕީޕީއެމްގެ އިސްބޭޅުލުންނާއި ބައްދަލުކުރައްވައިފި

އަލީ ޝާހީން
13 Jul 2024
ހަބަރު

ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ފުވައްމުލަކަށް ވަޑައިގެން ފުވައްމުލައް ސިޓީ ޕީޕީއެމްގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

އެސިޓީ ޕީޕީއެމް އިސްބެފުޅުންނާއި ބައްދަލުކުރެއްވީ ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންމިހާރު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިދަތުރުފުޅުގައި އެސިޓީގެ ކައުންސިލާވެސް ބައްދަލުކުރައްވާފައިވެއެވެ.

އެގޮތުން މިނިސްޓަރ ފުވައްމުލަކު ސިޓީގެ ކައުންސިލާއެކު ގިނަ މަޝްވަރާތަކެއް ކުރައްވާފައިވެއެވެ. އެސިޓީގެ ކައުންސިލުން ބުނީ މިބައްދަލުވުމުގައި ރައްޔިތުންނާއި ގުޅުންހުރި ގިނަ ކަންތައްތަކެއްގެ މަޝްވަރަާތަކާއި ޚިޔާލު ބަދަލުކުރެވުނުކަމަށެވެ. މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ދިފާއީ ވުޒާރާގެ ބެލުމުގެދާށުން ފުވައްމަލައް ސިޓީގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެވެސް ރަނގަޅަށް ކުރެވިދާނެ ގިނަ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. 

މިނިސްޓަރ އެސިޓީއަށް ވަޑައިގަންނަވާ ކައުންސިލާއިއެކު ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލައް ސިޓީ މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އަދި ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިންގެ އިތުރުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުހައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު