ބަސް

އާރް.ޓީ.އެލްގެ ޚިދުމަތުގައި ބޭނުންކުރާ ބަސްތަކުގެ ސައިޒް ކުޑަކުރަނީ

އައިޝަތު ޝިއުރާ
27 Jul 2024
ހަބަރު

އާރް.ޓި.އެލްގެ ޚިދުމަތުގައި ބޭނުންކުރާ ބަސްތަކުގެ ސައިޒު ކުޑަކުރުމަށް ނިންމައިފިއެވެ.

މި ގޮތަށް ނިންމާފައިވަނީ ތޮއްޖެހިފައިވާ މަގުތަކުގައި ބޮޑެތި ބަސްތައް ބޭނުން ކުރަމުންދާތީ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އިތުރަށް ގޯސްވެ ބަސްތަށް އޮޕްރޭޓް ކުރުމަށް ދަތިވެފައިވާތީއެވެ. 

ތޮއްޖެހިފައިވާ މާލޭގައި ބޮޑެތި ބަސްތައް އޮޕަރޭޓްކުރަން އުނދަގޫ ވުމުގެ ސަބަބުން ބަސްތައް އޭގެ ޝެޑިއުލްއާއި އެއްގޮތަށް ދަތުރުނުކުރެވޭތީ އާރް.ޓީ.އެލް ބަހުގެ ޚިދުމަތް ހޯދަމުންދާ ފަރާތްތަކުން ދަތިތަކާއި ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ އަދަދު މަދުވަމުން ދާކަމަށް އެމް.ޓީ.ސީ.ސީން ވަނީ ބުނެފައެވެ.   

ބަސަތައް އޭގެ ޝެޑިއުލްއާއި އެއްގޮތަށް ދަތުރުކޮށް މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް މާލެ އަދި ހުޅުމާލެ އެތެރޭގައި ދުއްވުމަށް އެކަށޭނެ ކުދި ސައިޒުގެ ބަހަށް ބަދަލުކޮށް ބަސް ރޫޓްތަކުގެ ފްރީކުއެންސީ އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު