"ހޯޕް އައިލެންޑު"ގެ ގޮތުގައި ދ. ވާނީ ހަމަޖައްސައިފި

އަލީ އަޒްލީފް
28 Jul 2024
ހަބަރު

ކުށުގައި އުޅޭ ކުޑަކުދިން އިސްލާހުކުރަން "ހޯޕް އައިލެންޑު"ގެ ގޮތުގައި ދ. ވާނީ ހަމަޖައްސައިފިއެވެ.

ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން "މިހާރު"އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ ކުދިން ރިހެބިލިޓޭޓް ކުރަން ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ވާނީ ހަމަޖައްސާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ވާނީގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ ކަމަށެވެ. ކޮންމެ ދުވަހެއްގެ ފަތިސް ނަމާދުން ފެށިގެން، ދީނުގައި މަޖުބޫރުކުރާ ހުރިހާ ކަމެއް އެ ކުދިން ލައްވައި ކުރުވައި، ރަސްމީ ތައުލީމާއި ކަސްރަތު ކުރުން އަދި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަންދު ދުވަސްތަކުގައި އެ ކުދިން ކައިރިއަށް އެއްފަހަރާ 60 އާއިލާ ގޮސް ތިބެވޭނެ ގޮތަށް އެކޮމޮޑޭޝަން ހަމަޖައްސާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އާއިލާތަކަށް ރައްކާތެރި މާހައުލެއް ނުދެވިފައި އަދި މުޖުތަމައު އެ ކުދިންނަށް ރައްކާތެރި މާހައުލެއް ނުދެވިފައި އޮތް އޮތުމުގައި ހައްލަކަށް އަޅުގަނޑުމެން މި ގެންނަނީ މި ދަންނަވާ ހޯޕް އައިލެންޑު. ހޯޕް އައިލެންޑޭ މި ކިޔަނީ، އުއްމީދެއް މި ގެނެސް ދެނީ މި ކުދިންނަށް ވެސް އަދި ކުދިންގެ މައިންބަފައިންނަށް ވެސް އެ ކުދިން އުޅެމުންދާ މުޖުތަމައު އަދި މުޅި ގައުމަށް ވެސް ދެނީ އުއްމީދެއް މިހާރު ކުށުގެ މާހައުލުގައި އަދި ކުށަށް އަރައިގަތުމުގެ ރިސްކުގައި މި ތިބަ ކުދިން، ކުރިއަށް އޮތް ތަނުގައި ގައުމުގައި ބޭނުންތެރި ބަޔަކަށް، ޒުވާނުންތަކަކަށް ހެދިގެންދާނެ އެކަމުގެ އުއްމީދުގައި.

 ވަޒީރު އިޙްސާން

ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުން ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ކަމަށް މިހާރު ކަނޑައަޅާފައިވާ 15 އަހަރުގެ ބަދަލުގައި 12 އަހަރަށް ދަށްކުރުމަށް ނިންމައިފައެވެ.

އިހުސާން ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތުން ވެސް އުމުރުން 15-18 އަހަރާ ދެމެދުގެ ކުދިން ޖިނާއީ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރަނީ 12-15 އަހަރާ ދެމެދުގެ ކުދިން ކުށްތަކަށް ވައްދާ ވަރު އިތުރުވެފައިވާތީ ކަމަށާއި އެ ކުދިން ވެސް ކުށުގެ މާހައުލަށް ހޭނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ގާނޫނަށް ބަދަލުތައް ގެނައި ނަމަވެސް އުމުރުން 12-15 އަހަރާ ދެމެދުގެ ކުދިން ޖަލަށް ލުމުގެ އެއްވެސް ވިސްނުމެއް ނޯންނާނެ އެވެ. އެ ބަދަލުތައް ގެންނައިރު ގާނޫނުގައި އެކަން ބަޔާންކުރާނެކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޙުސްނީ މުބާރިކް ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ނ. މަނަދޫ، ގަސްކަރަ ޙުސްނީ މުބާރިކް މިއަދު ޢައްޔަންކުރައްވައިފިއެވެ.
29 Oct 2025
ހަބަރު
އެއަރޕޯޓުން ވައްކަންކުރި މައްސަލައިގައި ހަތަރު މީހަކު ހައްޔަރަށް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފަކަށް ބިރުދައްކައި ޑޮލަރުތަކެއް ފޭރިގަތް މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
28 Oct 2025
ހަބަރު
އަހަރެއްގެ ތެރޭގައި ދިއްފުށީގައި 23 ހެކްޓަރުގެ ބިންހިއްކައި ނިމޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ބަންޑް ވޯލް ޖެހުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ބޭރު ތޮށިލުން ހިމެނޭހެން، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި، ދިއްފުށީގައި 23 ހެކްޓަރުގެ ބިންހިއްކައި ނިމޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
28 Oct 2025
ހަބަރު
ކާށިދޫގެ ތަރައްޤީގައި ޙަޤީޤީ ކުލަޖައްސައިދެއްވައި، ރައްޔިތުން އެދޭގޮތަށް ކަންކަން ފުރިހަމަކޮށްދެއްވާނަން: ރައީސުލްޖުމްހޫރިއްޔާ
ކ. ކާށިދޫގެ ތަރައްޤީގައި ޙަޤީޤީ ކުލަޖައްސައިދެއްވައި، ރައްޔިތުން އެދޭގޮތަށް ކަންކަން ބައްޓަންކޮށްދެއްވައި، ފުރިހަމަކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
28 Oct 2025
ހަބަރު