އައު ވެބްސައިޓް އިފްތިތާހުކުރަނީ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އައު ވެބްސައިޓު އިފުތިތާހުކޮށްފި

އައިޝަތު ޝިއުރާ
28 Jul 2024
ހަބަރު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އާ ވެބްސައިޓު އިފުތިތާޙުކޮށްފިއެވެ.

މި ކަމަށްޓަކައި ހުކުރު ދުވަހު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވެބްސައިޓު ލޯންޗުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. ވަޒީރުގެ އަރިހުގައި ވުޒާރާގެ އިސް ބައެއް ބޭފުޅުންނާއި ގިނަ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އާ ވެބްސައިޓުގައި ވުޒާރާގެ އެކި ސެކްޝަންތަކުގެ މައުލޫމާތާއި އެކި ކަންކަމާ ގުޅޭ ފޯމުތައް ލިބޭން ހުރެއެވެ. އަދި ހުކުރު ޚުޠުބާތަކާއި ޚުޠުބާ ފޮތްތައް ވެސް ލިބޭން އެބަ ހުށްޓެވެ.

މި ވެބްސައިޓުގެ އެންމެ ޚާއްސަ އެއް ކަމަކީ ވެބްސައިޓުގައި ޤާއިމްކޮށްފައިވާ އިސްލާމިކް ވަގުފު އޮންލައިން ލައިބްރަރީއެވެ. މި ލައިބްރަރީއިން ދީނީ ގިނަ ފޮތްތަކެއް ހިލޭ ލިބޭން އެބަ ހުރިކަން ފާހަގަކޮށްލެވެއެވެ.

މި ވެބްސައިޓަކީ އިސްލާމީ އެކި ދާއިރާތަކުން ރާއްޖޭގައި ތަޢުލީމު ޙޞިލުކުރާ ދަރިވަރުން މަޢުލޫމާތު ހޯދުމަށް ޓަކައި ޒިޔާރާތްކޮށްލާން ރަނގަޅު އޮންލައިނު ކުތުބުޚާނާއެކެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު