ސައިބަރ ސެކިއުރިޓީ އެންޑް ސައިބަރ އިންވެސްޓިގޭޝަން ޓްރޭނިންގ ކޯހުގައި ފުލުހުން ބައިވެރިވެއްޖެ

އައިޝަތު ޝިއުރާ
28 Jul 2024
ހަބަރު

ތައިލެންޑް ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީން ކުރިއަށް ގެންދިޔަ ސައިބަރ ސެކިއުރިޓީ އެންޑް ސައިބަރ އިންވެސްޓިގޭޝަން ޓްރޭނިންގ ކޯހުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން ބައިވެރިވެއްޖެއެވެ.

މި ޖުލައި މަހުގެ 15 އިން 20 އަށް ބެންކޮކްގައި ކުރިއަށް ގެންދިޔަ މި ކޯހުގައި، ތްރެޓް ޑިޓެކްޝަން، ރިސްކް މެނޭޖްމަންޓް، އެތިކަލް ހެކިންގ، އަދި އިންސިޑެންޓް ރެސްޕޮންސް ފަދަ ސައިބަރއާ ގުޅުންހުރި ތީމުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ޓްރެއިނިންގ ކޯހުގައި ސެންޓްރަލް އިންވެސްޓިގޭޝަންސް ކޮމާންޑް، މާލެ ޕޮލިސް، ހުޅުމާލެ ޕޮލިސް، ފޮރެންސިކް ސާވިސަސް، ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސް އަދި ފަސް ރީޖަންގެ އިންވެސްޓިގޭޝަން އޮފިސަރުންނާއި ޓެކްނިކަލް އޮފިސަރުން ހިމެނޭހެން 15 މުވައްޒަފަކު ބައިވެރިވިއެވެ.

ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީން ދަނީ ދިވެހި ފުލުހުންނަށް ތަފާތު އެކި ކޯސްތަކާއި ތަމްރީން ޕްރޮގްރާމުތައް ހިންގަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު