މިނިސްޓަރ އާދަމް ޝަރީފް އުމަރު

ލިބި އޮންނަ ބާރު އިތުރަށް ފުޅާކުރުމުގެ ވިސްނުމަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުން: މިނިސްޓަރ

އައިޝަތު ޝިއުރާ
28 Jul 2024
ހަބަރު

އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް ލިބި އޮތް ބާރުގެ ޗާންސް އިތުރަށް ފުޅާކުރުގެ ވިސްނުން އަދިވެސް އޮތުމަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިހެން ވިދާޅުވީ ތުލުސްދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީއަށް އެއް އަހަރު ފުރުމާ ގުޅިގެން ރޭ ތުލުސްދޫ ބަނދަރު ސަރަޙައްދުގައި އޮތް ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

"ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ބަލައި އިރު އަދިވެސް އެ ތައް ގޮންޖެހުންތަކެއް އެބަ ހުރި. އެންމެ ބޮޑު ގޮންޖެހުންކަމަށް، ޤަބޫލުކުރަންޖެހޭ އެންމެ ބޮޑު އެއް ޙަޤީޤަތަކީ ދިވެހިރާއްޖޭގައި މިއަދު ވެސް އެއްވެސް މީހަކު އެ މީހަކަށް ހަމަ ކިރިޔާ ވެސް ބާރުވެރި ކަމެއް އޮތިއްޔާ އެ ޗާންސް ބޮޑުކުރުމަށް ގެންގުޅޭ ވިސްނުން އަދިވެސް އޮތް ކަން" ވަޒީރު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުގެ ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މި ޖަލްސާގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބާރުވެރިވާން އޮންނަ ފުރުޞަތުތައް އޭގެ އެންމެ ފަހި ގޮތުގަ ދޫކޮށްލުމަށް އަޅުގަނޑުމެން އެންމެން ތައްޔާރުތޯ އައްސަވައި ވަނީ ސުވާލުމުރައްވާފައެވެ. އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި އެ މަނިކުފާނަށް ލިބިވަޑައިގަންނަވައި އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ލިބިވަޑައިގަންނަވައި އެހީތެރިކަމާ، އެއްބާރުލެއްވުން ކަމަށް ވިދާޅުވިއެވެ.

މި އިޙުތިފާލުގައި ތުލުސްދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީގެ އައު ޙަރަކާތްތައް ވަނީ އިފްތިތާޙުކޮށްފައެވެ. އެ ކުންފުނީގެ އައު ޙަރަކާތްތައް އިފްތިތާޙުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރ އިބްރާހީމް ނަސީމެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު