ހާރިޖީ ވަޒީރު މޫސާ ޒަމީރު - ފޮޓޯ: ވޮއިސް

ވެރިކަން ބަދަލުވިއިރު ބައިތުލްމާލު އޮތީ ހުސްވެފައި - ޒަމީރު

އަލީ ޝާހީން
29 Jul 2024
ހަބަރު

ރައިސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ބައިތުލްމާލު އޮތީ ހުސްވެފައި ކަމަށް ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއް ކަމުގައިވާ "ރާއްޖެމިއަދު" ގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ރައިސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ބައިތުލްމާލު އޮތީ ހުސްވެފައި ކަމަށާއި އެ ހާލަތުން އަރައިގަތުމަށް އެމަނިކުފާނުގެ މިސްރާބަށް ދުނިޔޭގެ ގައުމުތައް ރުހޭކަމަށެވެ. 

މީގެ އިތުރުން ވަޒީރު ވިދާޅުވީ ގައުމު އޮތް ހާލަތުގައި ހާސިލްކުރެވޭނެ ހުރިހާ ކާމިޔާބީއެއް މި ސަރުކާރުން ކާމިޔާބުކުރެއްވިކަމަށާއި ބައިނަލްއަގްވާމީ ގޮތުން ބަލާނަމަ ރާއްޖޭގެ ލީޑަރޝިޕް ވަރަށް ބޮޑަށް ފެނިގެންދާ ކަމަށެވެ. އެގޮތުން ސިޑްސް ފަދަ ޖަމިއްޔާތަކަށް ބަލާއިރު ރާއްޖެއަކީ އެންމެ ބޮޑަށް ލީޑް ކުރަމުންދާ އެއް ގައުމު ކަމަށާއި ޔޫއެންއިންވެސް ރާއްޖޭގެ އެހީތެރިކަން ބޭނުުންވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެ މިހާރު އޮތް ހާލަތުން އަރައިގަތުމައްޓަކައި މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް އެހީތެރިކަން ހޯދަމުންދާ ކަމަށެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު