އިކޮނޮމިކް މިނިސްޓްރީއާއި އިސްލާމިކް ޔުނިވަރސިޓީ ގުޅިގެން ސްޕެޝަލް އިކޮނޮމިކް ޒޯންސްއާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

އައިޝަތު ޝިއުރާ
29 Jul 2024
ހަބަރު

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (އެމްއީޑީޓީ) އާއި އިސްލާމިކް އިސްލާމިކް ޔުނިވާސިޓީއަކާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައމަޝްވަރާ ކޮށްފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯންސް (އެސްއީޒެޑް) އާ ގުޅޭގޮތުންނެވެ.

މި މަޝްވަރާގައި ދިވެހިރާއްޖެ މިހާރު ފަތުރުވެރިކަމަށް ބަރޯސާވެފައިވާކަން ފާހަގަކޮށް، އިންވެސްޓްމަންޓްތަކަށް ފުޅާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އަލުން ބައްޓަން ކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. މި ބައްދަލުވުމުގެ މަޤްޞަދަކީ މާކެޓިންގގެ ނަޒަރުން އެސްއީޒެޑް ދިރާސާކޮށް، އޭގެ ސަބަބުން ލިބިދާނެ ފައިދާތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ. ރައީސް މުއިއްޒުގެ ވައުދުތަކާ އެއްގޮތަށް އެސްއީޒެޑްގެ ދިގުމުއްދަތުގެ ފައިދާތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނެވެ.

މި ބައްދަލުވުމުގައި އިމްޕޯޓް އެންޑް އެކްސްޕޯޓް ޑައިނަމިކްސް އަދި މަސައްކަތްތެރިންނަށް ދިމާވާ އެކިއެކި އުނދަގޫތައް ފަދަ މުހިންމު ގޮންޖެހުންތަކެއް ފާހަގަކޮށްފައިވެއެވެ. މި މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި އެއްބާރުލުން ދިނުމުގެ މައިގަނޑު ތިން ނުކުތާއެއް ހުށައަޅާފައި ވާއިރު ފުރަތަމަ ކަމަކީ، ދިރާސާގެ ބޭނުމުގައި އެސްއީޒެޑް ވެބްސައިޓް ބޭނުންކުރުން؛ ދެވަނަ ކަމަކީ، ރައީސް ވައުދުވެފައިވާ ގޮތަށް އާ ނުވަ ދާއިރާއެއް ތަރައްގީކުރުން؛ އަދި ތިންވަނަ ކަމަކީ ބޭރުގެ އިންވެސްޓްމަންޓް ހޯދުމަށް އިސްލާމިކް ފައިނޭންސިންގެ ދިރާސާތައް ކުރުމެވެ.

އިސްލާމިކް ޔުނިވާސިޓީގެ މަންދޫބުން ފާހަގަކުރެއްވި ގޮތުގައި މިހާރު ކުރިއަށްދާ ދިރާސާއެއް ނެތް ނަމަވެސް ކުރިއަށް އޮތްތަނުގައި އިގްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ހިއްސާކުރެވޭނެ ދިރާސާތައް ކުރެވޭނެއެވެ. އެގޮތުން އެ ޔުނިވާސިޓީއިން ދަނީ މާސްޓާސް ބައި ރިސާޗް ޕްރޮގްރާމްތައް ތައާރަފް ކުރަމުން ކަމަށާއި ދަރިވަރުންގެ ދިރާސާތައް އެސްއީޒެޑްގެ އިސްނެގުމާ ގުޅުވައިލުމުގެ ފުރުސަތުތައް ފެންނަ ކަމަށެވެ. މި ކަމަށް ރަސްމީކޮށް އިގްތިޞާދީ ވުޒާރާއާއެކު އެކުލަވާލި އެއްބަސްވުން މެދުވެރިކޮށް ޔުނިވާސިޓީން ޝައުގުވެރިކަން ފާޅުކޮށް، ޔުނިވާސިޓީގެ އެޑްވައިޒަރީ ބޯޑާ ގުޅެން ވުޒާރާގެ މަންދޫބަކު ބޭނުންވާކަން އިސްލާމިކް ޔުނިވާސިޓީން ފާހަގަކުރި އެވެ.

އިސްލާމިކް ޔުނިވާސިޓީން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި ދިރާސާކުރުންތަކަށް ބޭނުންވާ ވަސީލަތްތައް ނެތުމާއި ވުޒާރާގެ އިތުރު އެހީތެރިކަމަށް ބޭނުންވާކަން ފާހަގަ ކުރިއެވެ.

އެސްއީޒެޑްގެ މަޝްރޫޢަކީ ކުރިއަށް އޮތްތަނުގައި ބޮޑު ކުރިއެރުމަކާއި ތަރައްޤީއަށް މަގު ފަހިކޮށްދީ، އިޤްތިޞާދަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ މަޝްރޫއެކެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު