ހއ. މާރަންދޫ ކައުންސިލްގެ ނައިބު ރައީސް، އަހުމަދު ރަމީޒު

މާރަންދޫ ކައުންސިލްގެ ނައިބުރައީސް ކުއްލިގޮތަކަށް އަވަހާރަވެއްޖެ

އަލީ ޝާހީން
13 Jul 2024
ހަބަރު

ހއ. މާރަންދޫ ކައުންސިލްގެ ނައިބު ރައީސް، އަހުމަދު ރަމީޒު ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ.

ރަމީޒު ކުއްލި ގޮތަކަށް އަވަހާރަވީ އެރަށުގައި އެކުވެރި ކަމުގެ ފުޓްބޯޅަށް މެޗެއް ކުޅެމުން ދަނިކޮށް ހާލު ދެރަވެގެންކަމަށް މާރަންދޫ ކައުންސިލުން މައުލޫމާތުދެއެވެ. 

"ހަޅަ" އަށް މައުލޫމާތު ދެމުން އެކައުންސިލްގެ އެސްޖީ ވިދާލުވީ ރަމީޒު ނިޔާވީ އެރަށުގައި އެކުވެރިކަމުގެ މެޗެއް ކުޅެމުން ދަނިކޮށް ކަމަށެވެ. ނަމަވެސް ނިޔާވިކަން ކަށަވަރުވީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުންކަމަށެވެ. ރަމީޒު ދަނޑުމަތީ ކުޅެން ހުއްޓާ ކުއްލިއަކަށް ހާލުދެރަވެ ހޮޑުލެވި ބައެއްކަހަލަ ކަންކަން ދިމާވި ކަމަށާއި އަދި ވަގުތުން ސީޕީއާރް ދީފައިވާކަމަށްވެސް އެކައުންސިލްގެ އެސްޖީ ވިދާޅުވިއެވެ.

މާރަންދޫ ކައުންސިލްގެ އެސްޖީ އިތުރަށް ވިދާޅުވީ ރަމީޒުއަށް އިތުރުފަރުވާ ދިނުމައްޓަކައި ދިއްދޫ ހޮސްޕިޓަލައް ގެންގޮސްފައިވާކަމަށެވެ. ނަމަވެސް ދިއްދޫ ހޮސްޕިޓަލުން ބުނެފައިވަނީ ރަމީޒު ހޮސްޕިޓަލަށް ގެނައި އިރުވެސް އަވަހާރަވެފައިވާ ކަމަށެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު