މޯލްޑިވިއަންއަށް ވައިޑް ބޮޑީ އެއަރކްރާފްޓެއް ތައާރަފްކުރަނީ

އައިޝަތު ޝިއުރާ
29 Jul 2024
ހަބަރު

މޯލްޑިވިއަންއަށް ވައިޑް ބޮޑީ އެއަރކްރާފްޓެއް ތައާރަފްކުރުމަށް މޯލްޑިވިއަންއާއި ޓްރޫނޯޑްއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ މުހައްމަދު އަމީން ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މޯލްޑިވިއަންއާއި ޓްރޫނޯޑްއާއި ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ހުކުރު ދުވަހުގެ ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ހުވަނދުމާ ލައުންޖްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.  

  މޯލްޑިވިއަންގެ ފްލީޓަށް ވައިޑް ބޮޑީ ތައާރަފް ކުރުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން އެމަނިކުފާނުގެ ވައުދުފުޅު ފުއްދެވުމުގެ ގޮތުން މޯލްޑިވިއަން އިން މިހާރު މިވަނީ A330-200 މަރުކައިގެ މަތިންދާބޯޓެއް ގެނައުމަށް ނިންމާފައެވެ. މޯލްޑިވިއަންގެ ފްލީޓަށް A330-200 ގެ މަތިންދާބޯޓް ތައާރަފްކުރުމުން އެއަރލައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރަށް ބޮޑު ތަނުން އިތުރުވެގެންދާނެއެވެ. މިއަހަރުގެ ފަހުކޮޅު ރާއްޖެ ގެންނަ މި މަތިންދާބޯޓުގައި އެއްފަހަރާ 200 އަށް ވުރެ ގިނަ ފަސިންޖަރުން އުފުލޭނެއެވެ.  

 މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެފައިވަނީ ވައިޑް ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ފެށުމާއިއެކު ފަތުރުވެރިކަމުގެ ދާއިރާއަށާއި ރާއްޖޭގެ އިޤްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. އެގޮތުން މީހުން އުފުލޭ މިންވަރު އިތުރުވެ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދާއި އެއިން ލިބޭ މާލީ މަންފާ އިތުރުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.    

މިއަހަރުގެ ފަހުކޮޅު A330-200 ގެ ދަތުރުތައް ފަށާއިރު އެންމެ ފުރަތަމަ ދަތުރުތައް ފަށާނީ ޗައިނާއަށެވެ. އަދި މުސްތަޤްބަލުގައި ޔޫރަޕާއި އެފްރިކާގެ ޤައުމުތަކަށް ދަތުރުތައް ފެށޭނެ ކަމަށް މޯލްޑިވިއަން އިން މަޢުލޫމާތު ދެއްވައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު