ހަތަރު ޤައުމެއްގެ ސަފީރުން ސަފީރު ކަމުގެ ފަތްކޮޅުގެ ކޮޕީ ޗީފް އޮފް ޕްރޮޓޮކޯލްއާ ހަވާލުކޮށްފި

އައިޝަތު ޝިއުރާ
29 Jul 2024
ހަބަރު

ހަތަރު ޤައުމަކުން ދިވެހިރާއްޖޭއަށް ކަނޑައެޅުއްވި އާ ސަފީރުންގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ބާއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާށް ފަތްކޮޅު އެރުވި ހަތަރު ޤައުމުކަމީ، އެންގޯލާ، އީ. ޔޫ. ނިއުޒިލޭންޑް އަދި ސްވިޓްޒަރލޭންޑް އެވެ.

ޑިޕްލޮމެޓިކް އާދަކާދައިގެ މަތީން، ސަފީރުކަމަށް އައްޔަންކުރާ ފަރާތްތަކުގެ ސަފީރު ކަމުގެ ފަތްކޮޅުގެ ކޮޕީ އާއްމުކޮށް ފޮރިން މިނިސްޓްރީއަށް ރަސްމީކޮށް ފަތްކޮޅު އެރުވުމުގެ ކުރިން ހަވާލުކުރަންވާނެއެވެ.

މިގޮތުން، މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި މި ހަތަރު ޤައުމުގެ ސަފީރުން ސަފީރުގެ ކަމުގެ ފަތްކޮޅުގެ ކޮޕީ ޗީފް އޮފް ޕްރޮޓޮކޯލާ ހަވާލުކުރެއްވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދާނެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ކުރިއަށް ދާނެ ގޮތުގެ ތައާރަފެއް ޗީފް އޮފް ޕްރޮޓޮކޯލް ސަފީރުންނަށް ދެއްވިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވި ސަފީރުންނަކީ، އެންގޯލާ އިން ރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު ހިޒް އެކްސަލަންސީ ކްލެމެންޓޭ ޕޭދްރޯ ފްރާންސިސްކޯ ކަމީޔާ އަދި ޔުރަޕިއަން ޔޫނިއަނުން ރާއްޖެ އަށް ކަނޑައަޅުއްވާ އާ ސަފީރު ހަރ އެކްސަލެންސީ މަރިއާ ކާމެން މޮރޭނޯ ރޭމަންޑޯ، ނިއު ޒިލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާ އައު ސަފީރު ހިޒް އެކްސަލެންސީ ޑޭވިޑް ޕައިން، އަދި ސްވިޓްޒަލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާ އައު ސަފީރު ހަރ އެކްސަލެންސީ ޑރ. ސިރީ ވޯލްޓްއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު