އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އީ-ލައިބްރަރީއަށް ފޮތް ހަދިޔާކުރާން އެދިއްޖެ

އައިޝަތު ޝިއުރާ
29 Jul 2024
ހަބަރު

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވެބްސައިޓުގައި ހިމެނޭ އޮންލައިން-ބުކް ލައިބްރަރީއަށް ފޮތް ހަދިޔާކުރާން ލިޔުންތެރީންނާއި ޢިލްމުވެރީންގެ ކިބައިން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންފިއެވެ.

މިދިޔަ ހުކުރު ދުވަހު ލޯންޗުކުރި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އައު ވެބްސައިޓުގައި އޮންލައިން ލައިބްރަރީއެއް ހިމެނެއެވެ. މި ލައިބްރަރީގައި 2008ވަނަ އަހަރުން ފެށިގެން އެ ވުޒާރާއިން ނެރެފައިވާ ފޮތްތައް އޮންލައިނުކޮށް ކިޔައިލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ އަމާޒަކީ އިސްލާމީ އަދި ތަފާތު ދާއިރާތަކުން ވީހާވެސް ގިނަ އަދަދެއްގެ ފޮތްތައް، ވުޒާރާގެ އީ-ލައިބްރަރީން ކިޔޭނެ ގޮތް ހެދުން ކަމަށެވެ. އަދި ހުރިހާ ޢިލްމުވެރިންނާއި ލިޔުންތެރިން، އީ-ލައިބްރަރީއަށް ފޮތް ހަދިޔާކުރެއްވުމަށް ޕޯސްޓުގައި ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

ވުޒާރާގެ އޮންލައިން އީ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރައްވަން ބޭނުންވާ ފަރާތްތަކަށް ވުޒާރާއަށް ގުޅައިގެން އޮންލައިން ލައިބްރަރީއަށް ފޮތް ހަދިޔާކުރެވޭނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އޮންލައިން ލައިބްރަރީގައި މަޝްހޫރު ދީނީ ފޮތްތައްކަމަށްވާ ރިޔާޟުއްޞާލިޙީން އަދި ފިޤުހުއްސުންނާ ފަދަ ފޮތްތަކުގެ ދިވެހި ތަރުޖަމާ ހިމެނެއެވެ. މީގެ އިތުރުން އިސްލާމީ ޢަޤީދާއާއި، ފިޤުހާއި، ކީރިތި ރަސޫލާގެ ސުންނަތާއި، ހިދާޔަތުގެ އަލި މަޖައްލާ ފަދަ ފޮތްތަކާއި މަޖައްލާތައް މި ލައިބްރަރީގައި އޮންލައިންކޮށް ކިޔޭން ހުރެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު