އޭސީސީއަށް ހުށަހަޅާ މައްސަތަކުގެ އަދާހަމަ ލިބުން ޑިޖިޓަލައިޒްކޮށް އޮޓޮމޭޓްކޮށްފި

އައިޝަތު ޝިއުރާ
29 Jul 2024
ހަބަރު

އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ އަދާހަމަ ކާކުކަން އެނގޭގޮތަށް އެ މައްސަލަ ހުށަހަޅާ ފަރާތްތަކަށް އޮޓޯމޭޓްޑް ނިޒާމެއްގެ ތެރެއިން ލިބޭނެ އިންތިޒާމް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހަމަޖައްސައިފިއެވެ.

 "ލިބީގެ" ނަމުގައި މިއަދު ތަޢާރަފުކުރެވުނު މި ނިޒާމުގެތެރެއިން، މައްސަލަ ހުށަހަޅާ ހިސާބުން ފެށިގެން މައްސަލަ ނިމެންދެން މައްސަލައާ ގުޅިގެން ކޮމިޝަނުން ކުރިޔަށް ގެންދާ ކޮންމެ މަރުޙަލާއެއް ފެށުމުން އަދި ނިމުމުން އެކަމުގެ އަދާހަމަ، ކާކުކަން އެނގޭގޮތަށް ފޯނު ނަމަބަރާއިއެކު މައްސަލަ ހުށަހަޅާ ފަރާތަކަށް، އެސް އެމް އެސްގެ ޒަރީޢާއިން ލިބެމުން ދާނެއެވެ.

މިއަދު ތަޢާރަފުކުރި "ލިބީގެ" ފަންކަޝަންގެ ސަބަބުން، ކޮމިޝަނަށް ޙާޟިރުނުވެ، މައްސަލައިގެ އަދާހަމަ ބެލުމަށް އިތުރު ވަގުތު ހޭދަ ކުރުމަކާނުލައި މައްސަލައިގެ އަދާހަމަ ލިބިގެންދާނެއެވެ. އަދި މި ފަންކްޝަންގެ ސަބަބުން، މައްސަލަތަކުގެ އަދާހަމަ ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް ޖަވާބުދިނުމަށް ހޭދަކުރަމުންދާ ވަގުތު ސަލާމަތްކުރެވި، ހުށައަޅާ މައްސަލައާއި ގުޅިގެން ކޮމިޝަނުން ނިންމާ ނިންމުން ފަސޭހައިން އެނގިގެންދާނެއެވެ.

"ލިބީގެ" އިފްތިތާޙު ކޮށްދެއްވީ 2024 ޖުލައި 29 ގައި މިކަމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކޮމިޝަނުގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލްއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު