އެންވަޔަރަމަންޓް މިނިސްޓަރު ތާރިޤު އިބްރާހީމް - ފޮޓޯ: ގޫގުލް

އީޕީއޭ މިނިވަން ނުވެގެން އެއްވެސް ކަމެއް ނުވެފައެއް ނޯންނާނެ - ތާރިޤު

އަލީ ޝާހީން
29 Jul 2024
ހަބަރު

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަން ނުވެގެން އެ އެޖެންސީއަށް އެއްވެސް ކަމެއް ނުވެފައެއް ނޯންނާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތާރިޤު އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ތާރިޤު ވިދާޅުވީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަން ނުވެގެން އެ އެޖެންސީއަށް އެއްވެސް ކަމެއް ނުވެފައެއް ނޯންނާނެ ކަމަށާއި ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަން އަމިއްލައަށް ނިންމުމުގެ ބާރު ދީފައިވާނެ ކަމަށެވެ. 

އެސްއެސްޓީވީން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމުގައިވާ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ތާރިޤު ވިދާޅުވީ، އީޕީއޭ މިނިވަން ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި އީޕީއޭއާއި މިނިސްޓްރީއާ އަބަދު ވެސް ކޮންމެ ވެސް ކަހަލަ ގުޅުމެއް އޮންނަން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ދުވަހުން ދުވަހަށް އީޕީއޭއިން ކުރަންޖެހޭ މަސައްކަތްތަކަށް މިނިސްޓްރީގެ ނުފޫޒު ނުފޯރާނެ ކަމަށާއި އަދި، އީޕީއޭ ބާރުވެރި ކުރުމަށް ކުރަންޖެހޭ ކަންކަން ވެސް މިނިސްޓްރީން ކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

"ޑޭޓުޑޭ ނަގަންޖެހޭ ޑިޒިޝަންތައް ނެގުމާ އެ ހުރިހާ ކަމެއް އެ ބޭފުޅުން އަމިއްލައަށް ކުރަނީ. އެހެންވީމައި އީޕީއޭ މިނިވަން ނުވެގެން ވަކި ކަމެއް ނުވެފައެއް ނޯންނާނެ،"

އެންވަޔަރަމަންޓް މިނިސްޓަރު ތާރިޤު އިބްރާހީމް

އީޕީއޭ މިނިވަންކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު، އެ ސަރުކާރު ނިމުނުއިރު ވެސް އެކަން ކުރެވިފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު