މިފްކޯ މަސްކިރާ ސަރަހައްދު

މަސްވެރިންނަށް ދޭންޖެހޭ 2.1 މިލިއަން ރުފިޔާ މިފްކޯއިން ދޫކޮށްފި

އަލީ ޝާހީން
29 Jul 2024
ހަބަރު

ފާއިތުވި ދެ ހަފްތާގައި ބާނާފައިވާ މަހަށް މަސްވެރިންނަށް ދޭންޖެހޭ 2.1 މިލިއަން ރުފިޔާ މިފްކޯއިން މަސްވެރިންނަށް ދޫކޮށްފިއެވެ.

މިފްކޯއިން ހާމަކުރެއްވިގޮތުގައި ޖުލައި 13 އިން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން ކިރުވި 136 މެޓްރިކް ޓަނުގެ މަހަށް، 2.1 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

މީގެ އިތުރުން މިފްކޯއިން ވިދާޅުވީ ދިވެހި ސަރުކާރާއި ފިޝަރީޒް މިނިސްޓްރީގެ އެހީތެރިކަމާއެކު މިދުވަސްވަރު މަސްވެރިން ބާނާ މަހަށް ދެ ހަފްތާގެ ތެރޭގައި ފައިސާ ދޫކުރެވޭ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް މިފްކޯގެ ޓީމަށް ދެއްވާ ހާއްސަ އަހައްމިއްޔަތުކަމާއި އެހީތެރިކަމަށް ޝުކުރު ދަންނަވާކަމަށް ވެސް ވިދާޅުވިއެވެ.

މިދުވަސްވަރު މަސްވެރިކަން ދައްވެ މަސްކިރާ ވަރު މަދުވުމުން މިފްކޯއަށް ލިބޭ މަހުގެ އަދަދުވެސް މަދުކަން އެކުންފުނިން ފާހަގަކޮށްފައިވެއެވެ. 

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު