ފަލަސްތީނުގެ ޙައްޤުގައި ވަކާލާތު ކުރުމުގައި ދިވެހިރާއްޖޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާނެ - ޒަމީރު

އަލީ އަޒްލީފް
29 Jul 2024
ހަބަރު

ފަލަސްތީނުގެ ޙައްޤުގައި ވަކާލާތު ކުރުމުގައި ދިވެހިރާއްޖޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޕީ. އެސް. އެމް. 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، ފަލަސްތީނާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތަކީ، މިހާތަނަށް ރާއްޖޭގެ އެއްވެސް ރައީސަކު ގެންގުޅުއްވާފައިނުވާ ފަދަ ހަރުދަނާ ސިޔާސަތެއް ކަމަށެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި، ކުޑަ ތަންކޮޅެއް ވެސް ގޮތްދޫނުކޮށް، ކުޑަ ގައުމެއްގެ ގޮތުގައި ރާއްޖޭން ކުރެވުނު ހުރިހާ ކަމެއް ދަނީ ކުރަމުންނެވެ.

އެ ހިތްވަރުގެ ނަތީޖާ ވެސް ފެންނަމުންދާ ކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ދެކުނު އެފްރިކާ އާ ގުޅިގެން ރާއްޖޭން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހެޅި މައްސަލައިގައި، އިޒްރޭލުގެ ނޭއްގާނީ އަމަލުތަކާ ދެކޮޅަށް އެ ކޯޓުން ހުކުމް ނެރުމަކީ ރައީސް މުއިއްޒު އިސްވެ ރާއްޖޭން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ބައިނަލްއަގުވާމީ މައިދާނުގެ އިތުރުން، ދިވެހި ރައްޔިތުންނާއި ސަރުކާރުން ވެސް މާލީ ގޮތުން ރާއްޖެ ފަދަ ކުޑަ ގައުމަކަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަން ވެސް މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު