މިއަހަރުގެ ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް 2069 ބިދޭސީން ފުރުވާލައިފި

އަލީ އަޒްލީފް
29 Jul 2024
ހަބަރު

މިއަހަރުގެ ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 2069 ބިދޭސީން ފުރުވާލެވިފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން ހާމަކުރާ ގޮތުގައި މިއަހަރުގެ ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 2069 ބިދޭސީން ވަނީ ފުރުވާލެވިފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ނޮވެންބަރު 16 އާއި ހަމައަށް ބަލާއިރު އިތުރު އަދަދެކެވެ. ކޮންމެ ހަފްތާއަކު ހިންގޭ ރެއިޑް އޮޕަރޭޝަންތަކުގައި މާލެ ސަރަހައްދުގެ އެތައް ތަނެއް ބަލައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ދަނީ ގެންނަމުންނެވެ.

މިހާރު ކުރިއަށްދާ އޮޕަރޭޝަނާއި ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ 30ވަނަ މާއްދާގެ ދަށުން ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ކުށެއް ކަމަށެވެ.

އަދި ޤާނޫނުން ހާސިލުކުރަން ބޭނުންވާ މަޤްސަދުތައް ހާސިލުވިޔަ ނުދިނުމުގެ ގޮތުން އެއްވެސް އަމަލެއް ކުރުމަކީވެސް ކުށެއް ކަމަށާއި އެފަދަ ފަރާތްތަކާއިމެދު އެ ޤާނޫނުގެ 33ވަނަ މާއްދާގެ ދަށުން ފިޔވަޅު އެޅޭނެ ކަމަށް ޝަމްޢާން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކުށެއް ކުރީ ދިވެހި ރައްޔިތަކުނަމަ އެމީހެއްގެ އަދަބަކީ 50000 ރުފިޔާއަށްވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި އެމީހެއްގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިޙްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނަށް ލިބިގެންވެއެވެ.

ކުށެއް ކުރީ ބިދޭސީއަކު ނަމަ، އެމީހެއްގެ އަދަބަކީ 15000 ރުފިޔާއާއި 50000 ރުފިޔާގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ. އަދި އެމީހަކަށް ވަކި މުއްދަތަކަށް ރާއްޖެއަށް ނާދެވޭގޮތަށް ފޮނުވާލުމުގެ އިޙްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަށް ލިބިގެންވެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ދާދި ފަހުން ތަޢާރަފްކޮށްފައިވާ "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް ރައްޔިތުންގެ ދަނީ ގިނަ އަދަދަކަށް ރިޕޯޓުކުރަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު