ވައިގެ މަގުން ރާއްޖެއަށް އެތެރުކުރަން އުޅުނު 15 ކިލޯ ޑްރަގު އަތުލައިގެންފި

އަލީ އަޒްލީފް
29 Jul 2024
ހަބަރު

ވައިގެ މަގުން ރާއްޖެއަށް އެތެރުކުރަން އުޅުނު 15 ކިލޯ ޑްރަގު މޯލްޑިވްސް ކަސްޓަމް ސާވިސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްގެ ސުޕްރިޑެންޓެންޑް މުހައްމަދު އަފްޒަލް ވިދާޅުވީ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ހޮނިހިރު ދުވަހު ރާއްޖެ އައި މެލޭޝިޔާ ފިރިހެނެއްގެ ލަގެޖް ބަލައިފާސް ކުރުމުގެ ތެރެއިން ކަމަށެވެ. އުމުރުން 44 އަހަރުގެ މި މީހާގެ ލަގެޖުން ފެނުނު ތަކެތި ކަސްޓަމްސްއިން ޓެސްޓް ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައި ކަމަށް އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 15.38 ކިލޯ ގްރާމް ހުރި ކަމަށާއި އަދި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 12.3 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށެވެ.

މެލޭޝިއާއަށް ނިސްބަތްވާ މިމީހާ ރާއްޖެއަށް ދަތުރުކުރި މަގު އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށާއި ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ އަތުން ފޭކް ޓިކެޓެއް ފެނިފައިވާއިރު، ދުބާއީ މަގުން މިމީހާ ރާއްޖެ އައިސްފައި ވަނީ ބެންކޮކަށް ދަތުރު ކުރުމަށް ފަހުގައެވެ. މި މީހާގެ ދަތުރު ހަމަޖައްސާފައި ވަނީ މާލޭގައި މަޑުކުރުމަށް ފަހު އެނބުރި މެލޭޝިއާއަށްދާ ގޮތަށް އަފްޒަލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅުންހުރި މައުލޫމާތު ގައުމުތަކާއި ހިއްސާކޮށްފައިވާއިރު، މިހާތަނަށް ބެލި ބެލުމުން ހަތަރު ގައުމެއްގެ މީހުން މި ކަމުގައި ހަރަކާތްތެރިވެފައިވާ ކަމަށް އެނގިފައިވާ ކަމަށް މިއަދުގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ. ދިވެއްސެއްގެ ބައިވެރިވުން މިކަމުގައި ހިމެނޭކަން މިހާތަނަށް އަދި ހޯދިފައި ނެތްއިރު، އެކަމާ މެދު އަދި ވަކި ގޮތެއް ކަމާ ގުޅުންހުރި އިދާރާތަކުން ނިންމާފައެއްނުވެއެވެ.

މިމައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ވަހީދު ވިދާޅުވީ، މި އޮޕަރޭޝަންގައި ހައްޔަރު ކުރެވުނު މީހާ އާއި އަތުލައިގަނެފައިވާ ތަކެއްޗާއި ގުޅުންހުރި 41 އަހަރުގެ މެލޭޝިއާ އިތުރު ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމައްޓަކައި ކްރިމިނަލްކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި މިމައްސަލައިގެ ތަހުގީގަށް މިހާތަނަށް ބެލިބެލުމުން މިމައްސަލައާ ގުޅުންހުރި ހަތަރު ގައުމެއްގެ މީހުން ފާހަގަކުރެވިފައިވާ ކަމަށާއި މި މައްސަލައިގެ މައުލޫމާތު އެގައުމުތަކާ ހިއްސާކޮށް، ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭ ތަފާސް ހިސާބު ހިއްސާކުރައްވަމުން ޗީފް އިންސްޕެކްޓަރ އަޙްމަދު ވަހީދު ވިދާޅުވީ، މިއަަހަރުގެ މިހާތަނަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 37 މައްސަލައެއް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި އެމައްސަލަތަކުގެ ތެރެއިން ދައުވާކުރުމަށް ކޯޓަށް ނުވަ މައްސަލައެއް ފޮނުވާފައިވާއިރު، އޭގެ ތެރެއިން އަށް މައްސަލާގައި ކުށް ސާބިތުވެފައިވާކަން ފާހަގަކުރެއްވިއެވެ.

މި އޮފަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ކަސްޓަމްސް އާއި ފުލުހުންނާ ގުޅިގެންނެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު