ދާޚިލީ ސަލާމަތާ ގުޅޭ ކަންކަން ބައްޓަންކުރާނީ މިނިވަން ކަމަށް ލޮޅުމެއް ނާންނަ މިންވަރަށް - އިހުސާން

އަލީ އަޒްލީފް
29 Jul 2024
ހަބަރު

މިނިވަން ކަމަށް ލޮޅުމެއް ނާންނަ މިންވަރަށް ދާޚިލީ ސަލާމަތާ ގުޅޭ ކަންކަން ބައްޓަންކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ހޭޔަނބޯ ޕްރޮގްރާމުގެ ޚައްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އައު ސަރުކާރު އުފެދިގެން އައިއިރު ވަޒީރުކަން ކުރުމުގެ ފުރުޞަތު ލިބުމުން އެކަމަށް ނިކުންނެވީ ކަމަށެވެ.

ވަޒީރު އިހުސާން ވިދާޅުވީ ދަޚިލީ ސަލާމަތާއިގުޅޭ ކަންކަމަކީ ރާއްޖޭގައި އިސްލާޙުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރި ގޮންޖެހުން ބޮޑު އެއް ދާއިރާ ކަމަށެވެ. އަދި މި ދާއިރާގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ނުގެނެވިއްޖެނަމަ، ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އައިސްދާނެފަދަ ކަންކަންވެސް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ ދާޚިލީ ކަންކަމާ ގުޅޭ ނިންމުންތައް ނިންމާއިރު އެއްގޮތަކަށްވެސް ހުރިހާ އެންމެން ހިތްހަމަ ޖެހޭގޮތަށް ނިންމުންތައް ނިންމެން ނޯންނަކަމަށާއި ނަމަވެސް އެއީ ކުރަންޖެހޭ މުހިއްމު ކަންތައްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ބައެއް ނިންމުންތަކަކީ މީހަކު ހިތްހަމަ ޖެހުނަސް ނުޖެހުނަސް ނިންމަން ޖެހޭ ކަންކަން. އަޅުގަނޑަށް އޮތް ޔަޤީންކަމަކީ ރައީސްގެ އިރުޝާދާއެކު އިރާދަކުރެއްވިޔާ މިކަން ކާމިޔާބު ކުރާނެކަން. ރާއްޖޭގެ މިނިވަންކަމަށް އެއްވެސް ވަރަކަށް ލޮޅުމެއް ނާންނަ ވަރަށް ދާޚިލީކަންކަން ބައްޓަން ކުރާނަން އަޅުގަނޑުމެން، 

ވަޒީީރު އިޙްސާން

އެގޮތުން ހަމައެކަނި ވަޒީރަކަށް ކަންކަން ނިންމެން ނޯންނައިރު ދާޚިލީ ދާއިރާގެ މައްސަލަތައް ނިންމަވަނީ ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާ ގޮތަށް ކަމަށާއި ވަޒީރުގެ ހައިސިއްޔަތުން އެންމެ އިސްކަންދޭންޖެހޭ މުހިއްމު ކަންކަން ތަންފީޒު ކުރައްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޤައުމެއްގެ ވެރިއެއްގެ އަޒުމް ވަރުގަދަވެއްޖެނަމަ ކުރައްވާ މަސައްކަތް ކާމިޔާބުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ދައުލަތުގެ މުޢައްސަސާއެއްގައި ފެންވަރުގައި މަސައްކަތް ކުރާއިރު ވަފާތެރިކަމާއި ނަޒާހަތްތެރިކަމާއި ޚިދުމަތްތެރިކަން ވަރަށް މުހިންމު ކަމަށްވެސް ވަޒީރުގެ ވާހަކައިގައި ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު