މިނިސްޓަރު ޝިޔާމް، ހއ. ހޯރަފުށީ ކައުންސިލާ ބައްދަލުކުރައްވައިފި

އަލީ އަޒްލީފް
29 Jul 2024
ހަބަރު

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވަޒީރު އަޙްމަދު ޝިޔާމް، މިއަދު ހއ. ހޯރަފުށީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ހޯރަފުށީގެ މަސްވެރިކަމާ ގުޅޭ މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި ހޯރަފުށީ ކައުންސިލް ރައީސް މުޙައްމަދު ވަޙީދު ވިދާޅުވީ، މިފްކޯއާއި އަމިއްލަ ފަރާތަކާއި އަދި ކައުންސިލް ހިއްސާވާ އައިސްޕްލާންޓަކީ އެ ސަރަހައްދުގެ މަސްވެރިންނަށް އެންމެ ފަސޭހައިން އައިސް ލިބޭ ޕްލާންޓް ކަމަށެވެ. ނަމަވެސް މިހާރު އެ ޕްލާންޓް ހުއްޓިފައިވާތީ، އެކަން ހައްލުކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަދި އެރަށުގެ ދޮށީ ކަނދުފަތި މިހާރު އޮތް ޕޮޒިޝަނަށްވުރެ ރަށާއި ކައިރި ސަރަހައްދެއްގައި އަޅަދިނުމަށްވެސް އެދިވަޑައިގަތެވެ.

މީގެއިތުރުން، ރައީސް ވަޙީދު ފާހަގަކުރެއްވި ގޮތުގައި އޮޑިފަހަރު މަދުވެ މަސްވެރިކަން ދަށްވުމުން، ޒުވާނުން މަދުވެ މަސްވެރިކަން ނެތެމުންދާ ކަމަށެވެ. އެހެންކަމުން މަސްވެރިކަން ކުރިއެރުވުމަށް ވުޒާރާއިން ކުރިއަށް ގެންދިއުމަށް ގެންގުޅުއްވާ ސިޔާސަތަކީ ކޮބައިތޯ ސުވާލުކުރެއްވިއެވެ.

މި ކަންކަމާ ގުޅޭގޮތުން ވަޒީރު ޝިޔާމް ވިދާޅުވީ، ފެނަކައިގެ ދަށުގައި ހުރި އައިސްޕްލާންޓްތައް މިފްކޯއަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިފްކޯވެސް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މައްސަލަތައް ހައްލުކުރުމަށް މިފްކޯއަށް ގޮންޖެހުންތައް ހުރިކަމަށާއި، ޓެކްނިކަލް މީހުން މަދުކަމުން މީހުން ބިނާކުރުމަށް ޗައިނާ އަދި އިންޑިއާއިން ފުރުސަތު ހޯދާ އެ މަސައްކަތް ކުރުމުގެ ޕްލޭނެއް އެކުލަވާލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ހޯރަފުށީގެ އައިސް ޕްލާންޓް ރަނގަޅު ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، އައިސް ޕްލާންޓުގެ އޮޕަރޭޝަން ފެށުމަށް ކުރެވެންހުރި ކަންކަން ދެނެގަނެފިވާއިވާކަމަށާއި ވަރަށް އަވަހަށް އައިސްޕްލާންޓްގެ މައްސަލަ ހައްލުކުރުމަށް އެރަށަށް ޓީމެއް ދިއުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ މަސްވެރިންނާއި މަޝްވަރާ ކުރުމަށްފަހު، މިހާރުގެ ދޮށީ ކަނދުފަތި ބަދަލުކުރަން ބޭނުންވާ އައު ލޮކޭޝަން ވުޒާރާއާއި ހިއްސާކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު