މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް

މަސްކިރާތާ ދެ ހަފުތާތެރޭ މަސްވެރިންނަށް ފައިސާ ދެވޭނެ: ޝިޔާމް

އަލީ އަޒްލީފް
29 Jul 2024
ހަބަރު

މިހާރު މަސްކިރާތާ ދެ ހަފުތާތެރޭ މަސްވެރިންނަށް ފައިސާ ދެމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމު ވިދާޅުވީ، މިފްކޯއަށް މަސްވެރިން މަސްކިރާތާ 2 ހަފްތާތެރޭގައި ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައި އެގޮތަށް ގަވާއިދުން ފައިސާ ދެމުން ދާކަމަށެވެ.

މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް، މަސްވެރިންގެ ހާލު ގާތުން ބައްލަވަމުންގެންދަވާ ވަޒީރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން މަސްވެރިންނަށް ފައިސާ ދޭން އަމާޒުކޮށްފައިވާ މުއްދަތުގައި ފައިސާ ނުދެވުމުގެ މައިގަނޑު ސަބަބަކަށްވީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އައި ބަދަލުތައް ކަމުގައެވެ.

އެގޮތުން، ކުރީ ސަރުކާރުން ސިޔާސީ މަންފާއަށް މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރި އިރު އެ ސަރުކާރަށްވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި އޮތްކަމަށް ވަޒީރު މައުލޫމާތުދެއްވިއެވެ. ހަމައެހެންމެ ކުރީ ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން މިފްކޯގެ ބްރޭކް އީވެން 12 ރުފިޔާއާއި ގާތަށްވެސް ނާންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މީގެ އިތުރުން، މަސްވެރިންނަށް ނުދެވި ހުރި ހުރިހާ ފައިސާއެއް ހަލާސްކޮށް، ބެކްލޮގް ކްލިއަރ ކޮށްފައިވާކަމަށާއި، 48 ގަދީރުތެރޭ މަސްވެރިން ކިރާ މަހަށްވާ ފައިސާ މަސްވެރިންނަށް ލިބޭނެ ގޮތް ހެދުމަށްޓަކައި މާކެޓަށް ނެރޭ ޕްރޮސެސްކޮށްފައިވާ މަހުގެ އުފެއްދުންތައް އިތުރުކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު