ޕްރޮސެސިން ކެެޕޭސިޓީ އިތުރުވުމުން މަހުގެ އެކްސްޕޯޓުން 190 މިލިއަން ޑޮލަރު ލިބޭނެ: ވަޒީރު

އަލީ އަޒްލީފް
29 Jul 2024
ހަބަރު

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރެވުމުން މަސް ބޭރުކޮށްގެން ރާއްޖެއަށް ލިބޭ އާމްދަނީ 190 މިލިއަން ޑޮލަރަށް އިތުރުކުރެވޭނެ ކަމަށް ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

"އެސްއެސް ޓީވީ" ގެ ޕްރޮގްރާމެއްގައި ވަޒީރު ޝިޔާމް ރޭ ވިދާޅުވީ، މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން، ޅ. ފެލިވަރާއި ފ. ނިލަންދޫގެ އިތުރުން ގދ. ފިޔޯރީގައި މަސް ބަންދު ކުރާ ފެކްޓްރީތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިހާރު މިފްކޯގައި ހުރީ 40 މެޓްރިކްޓަނުގެ ޕްރޮސެސިން ކެޕޭސިޓީއެއް ކަމަށާއި އެ ފެކްޓަރީތައް އޮޕަރޭޝަނަލައިޒް ކުރެވުމުން، މިފްކޯގެ ޕްރޮސެސިން ކެޕޭސިޓީ 300 މެޓްރިކްޓަނަށް ބަދަލުވެގެންދާނެ ކަމަށެވެ.

"އެ ފެކްޓްރީތަކުން އިތުރުކުރެވޭ ކެޕެސިޓީއާއެކު ގާތްގަނޑަކަށް 81000 މެޓްރިކްޓަނުގެ މަސް ބަންދު ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭ" 

ވަޒީރު އަޙުމަދު ޝިޔާމް

ވަޒީރު ވިދާޅުވީ، ރާއްޖެއިން މިހާރު 128،000 ނުވަތަ 130،000 މެޓްރިކްޓަނުގެ މަސް ބާނާކަމަށެވެ. އަދި އެ ހުރިހާ މަހެއް ޕްރޮސެސްކުރެވޭ ނަމަ މަސް ބޭރުކޮށްގެން މިހާރު ލިބޭ 90 މިލިއަން ޑޮލަރު 180 ނުވަތަ 190 މިލިއަން ޑޮލަރަށް އިތުރުކުރެވޭނެ ކަމަށެވެ.

ވަޒީރު ލަފާކުރައްވާ ގޮތުގައި މިފްކޯގެ ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރަން ދޮޅު އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު