އަމާޒަކީ ރޯމަސް އެކްސްޕޯޓުކުރުން އެއްކޮށް ހުއްޓާލުން: ޝިޔާމް

އަލީ އަޒްލީފް
29 Jul 2024
ހަބަރު

މި ސަރުކާރުގެ އަމަޒަކީ ރޯމަސް އެކްސްޕޯޓުކުރުން އެއްކޮށް ހުއްޓާލުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމްގައި ވަޒީރު ޝިޔާމް ވިދާޅުވީ ރޯމަސް އެކަސްޕޯޓުކުރުމުގެ ބަދަލުގައި ދަޅުގައި މަސް ބަންދުކޮށްގެން އެކްސްޕޯޓުކުރުމުން ލިބޭ ނަފާ އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި ދަޅުމަސް ބަންދުކުރެވޭ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި،ރާއްޖޭގައި ތިން ޕްރޮސެސިން ފެކްޓޮރީއެއް ގާއިމް ކުރުމަށް ޗައިނާގެ ކުންފުންޏަކާ އެކު މިހާރު މަސައްކަތް ކުރަމުން ދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ފެލިވަރުގައި މިވަގުތު ޕްރޮސެސް ކުރަނީ 40 ޓަނުގެ މަސް ކަމަށާއި މި މަސައްކަތް ނިމުމުން މިފްކޯއަށް 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ފ. ނިލަންދޫގައި 100 ޓަނުގެ ފެކްޓްރީއެއް އަދި ގދ. ފިޔޮރީގައި 100 ޓަނުގެ ފެކްޓީއެއް އެޅުމުގެ މަސައްކަތް ކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭރުން ސަރުކާރުގެ އިސްނެގުމުގެ ތެރެއިން ޕްރޮސެސް ކުރެވޭ މަސް 300 ޓަނު އިތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެ މާނައަކީ މިވަގުތު ސަރުކާރުގައި ހުރި 40 ޓަނުގެ ޕްރޮސެސިން ކެޕޭސިޓީއަށް އިތުރު 300 ޓަނު މި އިތުރު ކުރަނީ. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ ރާއްޖޭގެ ޕްރޮސެސިން ކެޕޭސިޓީ އެތައް ގުނައެއް އިތުރުވެގެން ދިޔައީމަ ގާތްގަނޑަކަށް މުޅި ރާއްޖޭން ބޭރުކުރާ މަސް އިރާދަކުރެއްވިއްޔާ ދަޅަށް އެޅޭނެކަމަށް އަޅުގަނޑުމެން މި ބަލަނީ،" އޭނަ ވިދާޅުވިއެވެ.

އެންސިސް އަދި ހޮރައިޒަން ހިމެނޭގޮތަށް ސަރުކާރުން އިތުރުކުރާ ކެޕޭސިޓީއާއެކު 81،000 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ކަމަށް ޝިޔަމް ވަނީ ލަފާކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ވިދާޅުވީ، ރާއްޖެއިން ބާނަނީ ގަތްގަނޑަކަށް 130،000 ޓަނުގެ މަސް ކަމަށެވެ. އެހެންކަމުން 81،000 ޓަނު ޕްރޮސެސްކޮށްގެން ބޭރުކުރުމުން މަހުން ލިބޭ އާމުދަނީ ދެގުނައަށްވުރެ ބޮޑަށް އިތުރުކުރެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު