ދަނޑުވެރިންގެ ދަނޑުތަކަށް ސޯލާ ހަކަތައިން ކަރަންޓު ފޯރުކޮށްދިނުމަށް މަޝްވަރާ ކުރައްވައިފި

އައިޝަތު ޝިއުރާ
30 Jul 2024
ހަބަރު

ދަނޑުވެރިންގެ ދަނޑުތަކަށް ސޯލާ ހަކަތަ މެދުވެރިކޮށް ކަރަންޓު ފޯރުކޮށްދިނުމާ ގުޅޭގޮތުން ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރައިގެ ވަޒީރު ޑރ.އައިޝަތު ރަމީލާ އާއި މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރައިގެ ވަޒީރު ތާރިޤް އިބްރާހީމް މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާގައި ދެ މިނިސްޓަރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްވަރާގައި މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދައްކަވާފައިވަނީ ދަނޑުވެރިންގެ ދަނޑުތަކަށް ސޯލާ ހަކަތަ މެދުވެރިކޮށް ކަރަންޓު ފޯރުކޮށްދިނުމުގެ މަޝްރޫޢުއާ ގުޅޭގޮތުންނެވެ.

މި މަޝްރޫޢުގެ ސަބަބުން ދަނޑުވެރިންނަށް ލިބިގެންދާނެ ފައިދާތަކާއި، މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ދިމާވެދާނެ ގޮންޖެހުންތަކާ ބެހޭގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވެވިއެވެ. އަދި މި މަޝްރޫޢު ތަންފީޒުކުރުމަށް ދެ ވުޒާރާއިން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވާހަކަދެއްކެވިއެވެ.

ސަރުކާރުން ސޯލާ ހަކަތައަށް ދެއްވާ އަހައްމިއްޔަތުކަން މި މަޝްވަރާއިން ހާމަވެގެންދާއިރު، ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްކުރައްވާކަން ފާހަގަކުރެވުނެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު