ދާޚިލީ ސަލާމަތާ ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން - ފޮޓޯ: އަވަސް

ބިދޭސީންގެ ލިމިޓް ސަރުކާރުން އެއްކޮށް އުވައިނުލާނެ - އިޙްސާން

އަލީ ޝާހީން
30 Jul 2024
ހަބަރު

ބިދޭސީންގެ ލިމިޓް ސަރުކާރުން އެއްކޮށް އުވައިނުލާނެކަމަށް ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އެއް ގައުމަކުން ބިދޭސީން އެންމެ ގިނައިން ގެނެވޭނެ އަދަދު ކަނޑައެޅުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެނައި ނަމަވެސް، ބިދޭސީންގެ ލިމިޓް ސަރުކާރުން އެއްކޮށް އުވައިނުލާނެ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގެ ނޫހެއްކަމުގައިވާ  "މިހާރު" ނޫހައް ދެއްވި އިންޓަވިއުއްގައެވެ. މިނިސްޓަރ ވިދާޅުވީ ބިދޭސީންގެ ލިމިޓް ކަނޑައަޅާނީ ރާއްޖޭގެ ހާލަތަށް ބެލުމަށް ފަހުގައި ކަމަށެވެ.

އެގޮތުން ގައުމުގެ ތަރައްގީގެ ނަޒަރުން ބަލާއިރު ބިދޭސީން ގެންނަން އޮންނަ ޑިމާންޑަށް އެކި ދުވަސްވަރު ބަދަލު އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މި ވަގުތު ތަރައްގީ ކުރަމުން އަންނަ ރަސްމާލެ އާއި ގުޅިފަޅާއި ތިލަފުށި އަދި އުތުރުތިލަފަޅު ހިއްކައިނިމި، މަސައްކަތްތައް ފެށުމުން ކޮންސްޓްރަކްޝަން ދާއިރާއަށް ބިދޭސީން ގެނައުމަށް އާދަޔާ ހިލާފު ޑިމާންޑެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުން ޓޫރިޒަމަށް ލިބޭ ކުރިއެރުމާ އެކު، ނުހެދި ހުރި ރިސޯޓުތައް ނިންމުމާއި އަލަށް އެފަދަ ތަންތަން ހެދުމަކީ ވެސް ބިދޭސީން ގެނައުމަށް ޑިމާންޑު ބޮޑުވާ ކަންތައްތަކެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިންޓަވިއު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދިވެހީންގެ ތެރޭގައި ލޭބަރުންގެ ބޮޑު ފޯސް އެއް ނެތުމުން ތަރައްގީގެ މަސައްކަތްތަކަށް ބިދޭސީން ގެންނަން ޖެހޭ ކަމަށެވެ. އެގޮތަށް ގެނައި ނަމަވެސް ކަންބޮޑުވާން ޖެހެނީ ބިދޭސީންގެ އަދަދު އިތުރުވުމަށް ވުރެ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިތުރުވެދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ބިދޭސީންނަށް މަސައްކަތް ކުރެވޭ ދާއިރާތައް އިތުރުވުމަށް ވުރެ އެ މީހުންނަށް ހުއްދަ ނޯންނަ ދާއިރާތަކަށް ވަދެ ވިޔަފާރިކުރުމުގެ ކަންބޮޑުވުން އޮންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދައުލަތުން ބަދަލުކުރާ ސްޓޭންޑަކީ، ގާނޫނުގައި އޮންނަ ރިސްޓްރެކްޝަނެއް ބަދަލުކުރެވޭނީ ވަރަށް މަސައްކަތުން. އޭގެ ބަދަލުގައި ސަރުކާރުން ނަގާ ޑިސިޝަނަކަށް، އޭރަކު އޮންނަ އޮންނަ ލޭބަ ޑިމާންޑަކަށް ބަލާފައި އަދިވެސް ލިމިޓްތައް އޮންނާނެ. އެއީ 100،000 ތޯ ނުވަތަ 110،000 ތޯ ނުވަތަ 120،000 ތޯ އެ އިރެއްގައި އޮންނަ ޑިމާންޑަށް ބަލާފައި ނިންމާނެ. 

ވަޒީރު އިޙްސާން

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު ކަނޑައަޅާފައިވާ 100،000 މީހުންގެ ލިމިޓް ރަނގަޅުތޯ ނުވަތަ ނޫންކަން އެނގޭނީ ރާއްޖޭގައި މިހާރު ތިބި ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ފަހުއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު