ސިޓީތަކާއި އިދާރީދާއިރާތައް ހިންގެވުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު - ފޯޓޯ: ޕީއެސްއެމް

މުޢިއްޒުގެ ޒަޢާމަތުގައި ހަރުދަނާ ރަނގަޅު ޖީލެއް ބިނާކުރެވިގެން ދާނެ - އާދަމް ޝަރީފް

އަލީ ޝާހީން
30 Jul 2024
ހަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ހަރުދަނާ ރަނގަޅު ޖީލެއް ބިނާކުރެވިގެން ދާނެ ކަމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގެވުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަސްލުޓީވީން ގެނެސްދޭ "ޤައުމު ބިނާކުރުން" ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ޕްރޮފްރާމްގައި މިނިސްޓަރ އިތުރަށް ވިދާޅުވީ ރައީސުލް ޖުމުހުރިއްޔާ ފައްޓަވާ މަޝްރޫޢުއަކީވަރަށް މުހިންމު މަޝްރޫއެއް ކަމަށާއި ރާއްޖޭގެ ސްކޫލްތަކުގައި ބިދޭސީން ނުހިމަނައި ހަމައެކަނި ދިވެހި މުދައްރިސުން ކިޔަވައިދޭގޮތަށް މަޝްރޫއެއް ފައްޓަވާނެކަމަށް ރައީސް ވިދާޅުވި ވިދާޅުވުމަކީ ހަރުދަނާ ރަނގަޅު ޖީލެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައެވެ.

"ދިވެހިރާއްޖެ ކުރިއަރައިގެން މި ދާވަރަށް ބަލައި އިރު، ހަރުދަނާ ޖީލެއް ބިނާކުރަން މި ޖެހެނީ ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވެފައި، ދިވެހިންނަކީ އަމިއްލަވަންތަ ކަމެއް، އަޅުގަނޑުމެންގެ އަމިއްލަ ބަހެއް، އަދި ސަގާފަތެއް އޮތް ބަޔަކަށް ވާތީވެ، އަޅުގަނޑުމެންގެ ޤައުމިއްޔަތު ވަރުގަދަކުރުމާއެކީގައި އަޅުގަނޑުމެންނަކީ މުސްތަޤިއްލު މިނިވަން ޤައުމެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ތަހުޒީބު ބިނާވެފައި އޮންނަން ޖެހޭނީ އެ ކަންކަމުގެ މައްޗަށް، އެ ފަދަބަޔަކު ބިނާކުރުމުގެ މައްޗަށް" މިނިސްޓަރ ވިދާޅުވިއެވެ.

ސިޓީތަކާއި އިދާރީދާއިރާތައް ހިންގެވުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު 

މިނިސްޓަރ ވިދާޅުވީ އެ ފަދަ ބަޔަކު ބިނާކޮށް ސްކޫލްތަކުގެ މަންހަޖު ތަންފީޒުކުރެވޭނީ، ޤައުމު ދެކެ ލޯބިވާ އަދި ކުދިން ތަރުބިއްޔަތު ކުރުމުގައި ވެސް ހުންނަން ޖެހޭ ޤައުމިއްޔަތުގެ ސިފަތައް ހުންނަ އަޚްލާޤީ ގޮތުން ރަނގަޅު މިސާލުތަކެއް ދެއްކޭ ފަދަ ޓީޗަރުން ތަކެއް ތިބެގެން ކަމުގައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު