އަހުމަދު މުނައްވަރު - ފޮޓޯ: އަވަސް

ގަވަރުނަރު ކަމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު މުނައްވަރު އައްޔަންކުރަން ފާސްކޮށްފި

އަލީ ޝާހީން
30 Jul 2024
ހަބަރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

މަޖިލީހުގެ ލަފާގެ މަތިން މަރުކަޒީ ބޭންކްގެ ގަވަރުނަރަކަށް ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ފަހު އެ މަގާމަށް މުނައްވަރު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފުތާގައެވެ.

މުނައްވަރު މިމަގާމަށް އައްޔަނުކުރުމަށް ރުހުން ލިބިފައިވަނީ މިއަދުގެ ޖަލްސާގައި އެކަމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ މުނައްވަރު އެ މަގާމަށް އައްޔަންކުރަން އެވްރެޖްކޮށް 70 އަށްވުރެ ގިނަ މާކްސް ލިބުނުކަން ފާހަގަކުރައްވައި އެ ގޮތަށް ފާސްކުރަން ހުށަހަޅުއްވައިފައެވެ. މީގެ އިތުރުން މާލިއްޔަތު ކޮމިޓީން އިއްޔެ މުނައްވަރު ގަވަރުނަރު ކަމަށް އައްޔަނުކުރަން ރުހުން ދިންއިރު، އިއްޔެ އެ ކޮމިޓުގެ ބައްދަލުވުމުގައި މާލިއްޔަތު ކޮމިޓީގެ މެމްބަރުން މުނައްވަރާއި އިންޓަވިއު ކުރެއްވުމަށްފަހު އެވްރެޖް 94.73 އިންސައްތަ މާކްސް ވަނީ ދެއްވާފައެވެ. އެބޭފުޅާ އަކީ ގަވަރުނަރު ކަމަށް ގާބިލު ބޭފުޅެއް ކަމަށްވާތީ އެމްއެމްއޭގެ ގަވަރުނަރަކަށް ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ލަފާ އެރުވުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ގަވަރުނަރުކަމުގައި ކުރިން ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސް މުއިއްޒު ނިންމެވީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި ރައީސް މުއިއްޒު، ގަވަރުނަރުކަމަށް މުނައްވަރު އައްޔަންކުރުމަށް އެ މަނިކުފާނު ވަނީ ނަން ފޮނުއްވައިފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު