އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އިސްމާއިލް ހަބީބް - ފޮޓޯ: ގޫގުލް

އެޗްއާރްސީއެމް ގެ ހުސްވެފައިވާ ގޮނޑިއަށް ހަބީބް އައްޔަނު ކުރަން ފާސްކޮށްފި

އަލީ ޝާހީން
30 Jul 2024
ހަބަރު

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ހުސްވެފައިވާ ގޮނޑިއަށް، އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އިސްމާއިލް ހަބީބް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

 އެގޮތުން އެޗްއާރުސީއެމްގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވީ ކުރިން އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. އަހްމަދު އަދުހަމް އަބްދުﷲ އިސްތިއުފާ ދެއްވުމުންނެވެ. އެހެންކަމުން އެމަގާމަށް ހަބީބް އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހަބީބް ކުރިން ހުންނެވި އީސީގެ މެންބަރު ކަމުގެ ދައުރު ހަމަވެފައި ވަނީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. ހަބީބް ވަނީ އީސީގެ މެމްބަރުކަން ދެ ދައުރު ފުރިހަމަ ކުރައްވާފަ އެވެ. ދެވަނަ ދައުރަކަށް ހަބީބް އައްޔަނުކޮށްފައި ވަނީ މާޗު 13، 2019 ގަ އެވެ. އަދި، ކޮމިޝަންގެ ނައިބް ރައީސްގެ މަގާމަށް އައްޔަނުކޮށްފައި ވަނީ ޖެނުވަރީ 25، 2021 ގައެވެ.

ހިއުމަން ރައިޓްސް ކޮމެޓީން އިއްޔެ ވަނީ ހަބީބްއާ އިންޓަވިއުކޮށްފަ އެވެ. އަދި މިއަދުގެ ބައްދަލުވުމުގައި އޭނާ އެ ކޮމިޝަނަށް އައްޔަނު ކުރަން ވަނީ އިއްތިފާގުން ފާސްކޮށްފަ އެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު