ދިވެހި މަހުގެ އުފެއްދުންތަކަށް އިތުރު ބާޒާރުތައް ހޯދުމުގެ މަސައްކަތް ކުންފުނިންދަނީ މަސައްކަތް ކުރަމުން: އެމްޑީ

އަލީ އަޒްލީފް
30 Jul 2024
ހަބަރު

މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނުން ދިވެހި މަހުގެ އުފެއްދުންތަކަށް އިތުރު ބާޒާރުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒަރީރު ވިދާޅުވެއްޖެއެވެ.

ކުންފުނީގެ އެމްޑީ ވިދާޅުވި ގޮތުގައި މިހާރު ކުންފުނީގެ އިދާރީ އޮނިގަނޑު އެކުލަވާލައި، ކުރިއަށް ރާވަމުންދާ މަސައްކަތުގެ ޕްލޭންތައް ތައްޔާރު ކުރަމުންދާކަމަށެވެ. އަދި ދިވެހި މަސްވެރިން ބާނާ މަސް ރާއްޖެއިން ބޭރުގެ ބާޒާރުތަކަށް އިސްތިހާރުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

އަޅުގަނޑުމެން އިތުރު މާކެޓްތައް ހޯދުމަށް ވަރަށް އިސްކަން ދޭނަން. މިހާރު ދިވެހި މަސްކުންފުނިތަކުން ބައިވެރިވަނީ މަދު ފެއަރތަކުގައި. އަދި މައުނަވީ ގޮތުގައި އެ ފެއަރތަކުގައި ޕްރޮމޯޝަންގެ މަސައްކަތް ކުރިއަށް ނުދޭ. އެހެންވީމާ މި ކަންކަން ރަނގަޅުކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،

މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒަރީރު 

މި ކުންފުނި އުފެއްދީ ދިވެހި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށާއި، ދިވެހި މަހުގެ އުފެއްދުންތަކަށް އައު ބާޒާރުތައް ހޯދުމަށް ކަމަށް ވެއެވެ. މި ކުންފުނިން ކުރިއަށް އޮތް ތަނުގައި ދިވެހި މަހުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުގައި އިތުރު ޝައުގުވެރިކަން އުފެއްދުމަށް މަސައްކަތް ކުރާނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު