29 ޖުލައި އިން 1 އޮގަސްޓުގެ ނިޔަލަށް އިސްރަށްވެހިންގެ ނާދީގައި ހިންގާ ހަރަކާތްތައް އާންމުކޮށްފި

އަލީ އަޒްލީފް
28 Jul 2024
ހަބަރު

2024 ވަނަ އަހަރުގެ ޖުލައި މަހުގެ 29 އިން އޮގަސްޓު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އިސްރަށްވެހިންގެ ނާދީއިން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ކަލަންޑަރު އާންމުކޮށްފިއެވެ.

މި ހަރަކާތްތަކުގެ ތެރޭގައި 29 ޖުލައި 2024 ވާ ހޯމަ ދުވަހު ދަތުގެ ޚާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ސަލީމް ދަތުގެ ބަލިތަކާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ނަގައިދެއްވާނެއެވެ.

އެއާއެކު، 30 ޖުލައި 2024 ވާ އަންގާރަ ދުވަހު މާޖަހަން ދަސްކޮށްދޭ ކްލާސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.    

ހަފްތާގެ ބުދަ ދުވަހު އިސްރަށްވެހިންނަށް ޚާއްސަ "ވޯކް ވޯކް" ކަސްރަތު ޕްރޮގްރާމާއި، ގޯލްޑް ކަސްރަތު ޕްރޮގްރާމްގެ އިތުރުން، އިސްރަށްވެހިންގެ ނާދީގެ ކްލަބް ހަފްތާ ސައި ކުރިއަށް ގެންދެވޭނެއެވެ.

އެއަށްފަހު، ހަފްތާގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން އިސްރަށްވެހިންގެ ނާދީގައި ސިލްސިލާކޮށް ކުރިއަށް ގެންދެވޭ ރިސާލަތު ޕްރޮގްރާމުގެ ތެރެއިން ޒަކާތާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަނެއް އޮންނާއެވެ.

މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު