ސަރަހައްދީ ފެންވަރުގައި ޒޯން 2 ގެ ކުނި މެނޭޖްކުރުން ހަރުދަނާކުރުމާއި ގުޅޭ ފޯރަމް ފަށައިފި

އަލީ އަޒްލީފް
30 Jul 2024
ހަބަރު

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް, އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ގުޅިގެން ސަރަހައްދީ ފެންވަރުގައި ޒޯން 2 ގެ ކުނި މެނޭޖްކުރުން ހަރުދަނާކުރުމާއި ގުޅޭ ފޯރަމްއެއް މިއަދު ވަނީ ރ. ދުވާފަރުގައި ފަށަައިފިއެވެ.

ޒޯން 2 ގެ 45 ރަށަކުން އަތޮޅުކައުންސިލްތަކާ ރަށުކައުންސިލްތަކުން 96 ބައިވެރިންނާއެކު 2 ދުވަހުގެ މުއްދަތަށް ދުވާފަރުގައި  ކުރިއަށްގެންދާ މި ފޯރަމް ކުރިއަށްދާނީ މިހިނގާ ޖުލައި މަހުގެ 30 އިން 31 ގެ ނިޔަލަށެވެ.

މި ފޯރަމްގެ މައިގަނޑު އެއް ބޭނުމަކީ ވޭސްޓް މެނޭޖްމަން ކޯޕަރޭޝަންގެ ފަރާތުން މިރަށްތަކުގެ ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް މަޝްވަރާކުރުމާއި ސަރަހައްދީ ފެންވަރުގައި ޒޯން 2 ގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ރޭވިފައިވާ ގޮތާއި ބެހޭ މައުލޫމާތުން ބައިވެރިންނާއި ހިއްސާކުރުން ހިމެނެއެވެ. މީގެ އިތުރުން މިހާރު ވެމްކޯއާއި އެއްކޮށް ކުނި މެނޭޖްކުރުމުގެ އެއްބަސްވުމުގައި ސޮއި ނުކޮށް ހުރިރަށްރަށް އެފުރުސަތު ފަހިކޮށްދިންނުން ހިމެނެއެވެ.

މިފޯރަމަކީ މިސަރުކާރުން ކުރިއަށްގެންދާ 'މަގޭ ސާފު ރާއްޖެ' ޕްރޮގްރާމްގެ ދަށުން ދިވެހި ދައުލަތުގެ ބަޖެޓުންނާއި ވަރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. 

ރ. ދުވާފަރުގައި ކުރިއަށްދާ މި ފޯރަމް އިންތިޒާމްތައް ހަމަޖެއްސުމުގައި އިސްވެ ހަރަކާތްތެރިވަނީ ރ. ދުވާފަރު ކައުންސިލްގެ ފަރާތުންނެވެ. 

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު