މާލެ މަގުމަތި - ފޮޓޯ: ސިޓީ ކައުންސިލް

ހުކުރު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

އަލީ ޝާހީން
31 Jul 2024
ހަބަރު

އަންނަ ހުކުރު ދުވަހު ހަވީރު 4:00 ން 6:00 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަގުތީ ގޮތުން މަނާކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެދުވަހު ހަވީރު އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވަނީ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ނޭޝަނަލް ކެޑޭޓް ކޯއާއި ސިފައިން ގުޅިގެން ބާއްވާ ހިނގާލުމަށް ޖާގަ ދިނުމުގެ ގޮތުންނެވެ.

ނޭޝަނަލް ކެޑޭޓް ކޯއާއި ސިފައިން ގުޅިގެން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ހިނގާލުން ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ޓްރެފިކް ކޮންޓްރޯލް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މި ހަރަކާތުގައި ޓްރެފިކް ފްލޯ ބެލެހެއްޓުމުގައި ދިމާވެދާނެ ދަތިތަކަކީ މަނާކުރި މައިގަނޑު ސަބަބެއް ކަމަށް އެކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

މިނިވަން ދުވަހުގެ ހަވީރަށް ތާވަލް ކޮށްފައިވާ މި ބޮޑު ހިނގާލުން މޫސުން ގޯސްވުމުގެ ސަބަބުން ވަނީ އަންނަ ހުކުރު ދުވަހަށް ފަސްކޮށްފަ އެވެ.

ބެލެވޭ ގޮތުގައި އެހެން އަހަރުތަކުގެ ކުލަގަދަ ހަރަކާތްތަކާ އަޅާބަލާއިރު މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ވަނީ މަދުކޮށްފަ އެވެ. އިޤްތިޞާދީ ގޮތުން ދަތިތަކެއް ހުރުމުގެ ސަބަބުން، މި އަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވަނީ ރަސްމީ ޖަލްސާއާއި ޕެރޭޑެއް އެކަންޏެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު