ލޯކަލް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު - ފޮޓޯ: ގޫގުލް

މިވަރުގެ ކޫލް ރައީސެއް ނުދެކެން - އާދަމް ޝަރީފް

އަލީ ޝާހީން
31 Jul 2024
ހަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވަރުގެ ކޫލު ރައީސަކު މިހާތަނަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ލޯކަލް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ރައީސް މުއިއްޒަށް ތައުރީފު ކުރައްވައިފި އެވެ.

ރޭ ބޭއްވި ކޮންގްރެސްގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މުއިއްޒުއާ ވާދަކުރެއްވި އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒާ އެކު އެ ބޭފުޅުން މަސައްކަތް ކުރައްވަނީ ވަރަށް ފަސޭހަ ކަމާ އެކު އެވެ. ރައީސަކީ މަޝްވަރާއަށް އިސްކަން ދެއްވާ ބޭފުޅެއް ކަމަށާ އަމިއްލަ ޒާތުފުޅަށް ނިންމެވޭވަރުގެ ކަންކަން ވެސް ވަޒީރުންގެ މަޖިލީހާއި ޕާޓީގެ ލީޑާޝިޕާ އަދި އާންމު މެންބަރުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު ނޫނީ ނުނިންމަވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރުގެ ސާދާ ސީދާ އަދި އެހާ ކޫލު ޕްރެސިޑެންޓެއް އަޅުގަނޑުމެން ނުދެކެން. އަޅުގަނޑުމެންނަށް ވަރަށް ފަސޭހަ ރައީސާކު މަސައްކަތް ކުރަން،"

އާދަމް ޝަރީފް އުމަރު

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރައީސް މުއިއްޒު ފަދަ ދީނަށް ލޯބި ކުރައްވާ ވެރިއަކު މިހާތަނަށް ރާއްޖެ ދެކެފައި ނެތް ކަމަށާއި އަދި ފަލަސްތީނުގެ މައްސަލާގައި އެންމެ ވަރުގަދަ މަސައްކަތްތަކެއް ކުރެއްވީ ރައީސް މުއިއްޒު ކަމަށެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ޕީއެންސީގައި އޮތީ އެންމެ މައްސަލައެއް ކަމަށާއި އެއީ ރައީސް މުއިއްޒުގެ ޒައާމަތުގައި އެމަނިކުފާނާ އެކު މަސައްކަތް ކުރަން ބޭނުންވެގެން ތިބި އެންމެނަށް އެ ފުރުސަތު ނެތުމެވެ. އެހެން އެއްވެސް މައްސަލައެއް ނެތް ކަމަށް މިނިސްޓާރ ވިދާޅުވި އެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު