އޭ-ލެވެލް ދަރިވަރުންނަށް ކޭޑީޔޫގައި ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި

އައިޝަތު ޝިއުރާ
31 Jul 2024
ހަބަރު

ދިވެހި ރާއްޖެގެ ތަޢުލިމީ ފެންވަރު ރަގަޅުކޮށް، ތަޢުލީމިދާއިރާ އިން ފުރުސަތުތައް ފުޅާ ކުރުމުގެ ގޮތުން މަޝްވަރާކުރެއްވުމަށް ސްރީލަންކާގެ ކޮޓަލަވާލާ ޑިފެންސް ޔުނިވަރސިޓީ (ކޭޑީޔޫ) ގެ ވައިސް ޗާންސެލަރ ރިއަރ އެޑްމިރަލް އެޗްޖީޔޫ ދައްމިކާ ކުމާރާ، ވަޒީރު ޑރ. މަރްޔަމް މާރިޔާ ބައްދަލު ކުރައްވައިފިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ތަޢުލީމީ ގޮތުން ކުރިއެރުވުމަށްޓަކައި ކޭޑީޔޫ އިން ވެދެވެން އޮތް އެއްބާރުލުންތަކާއި ގުޅޭގޮތުންނެވެ. އެގޮތުން ދިވެހި އޭ-ލެވެލް ދަރިވަރުންނަށް ކޭޑީޔޫގައި ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

އޭގެ އިތުރުން އެހެނިހެން ދާއިރާތަކުން މީހުންބިނާކުރުމުގައި އެ ޔުނިވާސިޓީއިން ވެދެވެން އޮތް އެއްބާރުލުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ. ޚާއްޞަކޮށް ޞިއްޙީ، އިންޖިނިއަރިންގ، އޭވިއޭޝަން އަދި މެނޭޖްމަންޓް ދާއިރާތަކުގެ ޕްރޮގްރާމްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މި ފަދަ މަޝްވާރާތަކުގެ މަޤްޞަދަކީ ދަރިވަރުންގެ ތަޢުލީމީ އަދި ފަންނީ ކުރިއެރުން އިތުރުކުރުމެވެ. އެގޮތުން މި ބައްދަލުވުމުންގައި ތަޢުލީމީ ފެންވަރު މަތިކޮށް، ދަރިވަރުންނަށް ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ދިވެހިންނަށް މަތިތައުލީމުގެ ދާއިރާއިން އިތުރު ފުރުސަތުތައް ހޯދަވައިދިނުމަށް، ރާއްޖޭގެ ޔުނިވާސިޓީތަކުގެ އިތުރުން ބޭރުގެ އެކިއެކި ޔުނިވާސިޓީތަކާއި އެކު މަޝްވަރާކުރައްވާ، އެތަންތަނުން ކިޔެވުމުގެ ފުރުސަތުތައް އަންނަނީ ފަހިކޮށްދެމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު