ދަނޑުވެރިކަމަށް ބިން ބޭނުންކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

އައިޝަތު ޝިއުރާ
31 Jul 2024
ހަބަރު

ދަނޑުވެރިކަމަށް ބިން ބޭނުންކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ސިޓީސް މިނިސްޓަރާއި، އެގްރިކަލްޗަރ މިނިސްޓަރާއި، ހައުންސިންގ މިނިސްޓަރާއި، އެންވަޔަރަމެންޓް މިނިސްޓަރ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެނިމަލް އެންޑް ވެލްފެއަރ ޑރ. ޢާއިޝަތު ރަމީލާގެ އިސްނެންގެވުމަކަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރާއި، މިނިސްޓަރ އޮފް ހައުސިންގ ލޭންޑް އެންޑް އާރބަން ޑިވޮލޮޕްމެންޓް ޑރ. ޢަލީ ހައިދަރު އަޙްމަދާއި، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރުމަންޓް އެންޑް އެނާރޖީ ޠާރިޤް އިބްރާހިމްގެ އިތުރުން ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ސީ.އީ.އޯ ޑރ. މަރިޔަމް ޒުލްފާ ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިޓީސް ލޯކަލް ގަވަރމެންޓް މިނިސްޓްރީގައެވެ.

މި ބައްލުވުމުގައި އެގްރިކަލްޗަރ އެނިމަލް ވެލްފެއަރ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ ތޮއްޑޫގެ ދަނޑުބިންތަކާއި ގުޅޭ ގޮތުން ކައުންސިލުން ނިންމި ނިންމުމުގެ ސަބަބުން ތޮއްޑޫ ދަނޑުވެރިން ކުރިއަށް ގެންދިޔަ އިޙްތިޖާޖްތަކާއި ގުޅޭ ކަންބޮޑުވުން އެ ކަމަނާ ހިއްސާ ކުރެއްވެވިއެވެ. މީގެ އިތުރަށް ވެސް ދަނޑުވެރިކަން ކުރާ ރަށްތަކުން ގޯތި ދިނުމުން އެ ރަށްރަށުގެ ދަނޑުވެރިކަން ކުރުމަށް ބިން ނެތުމާއި ގުޅިގެން ދަނޑުވެރިކަން ކުރާ ރަށްރަށަށް އެ ކަން ކުރުމަށް ފަޅުރަށެއް ދެވިދާނެ ގޮތަކާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރެވިފައެވެ. މީގެ އިތުރަށް ވެސް އެކި ރަށްރަށުގެ ދަނޑުވެރިންނަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ދާދި ފަހުން ތޮއްޑޫގެ ދަނޑުވެރިންނާއި ކައުންސިލާ ދެމެދު ހިނގި ކަންކަމުގެ ކަންބޮޑުވުން މިނިސްޓަރ ހިއްސާކުރެއްވިއެވެ.

"ތޮއްޑޫ ކައުންސިލުން އެ ގޮތުން ޢަމަލުކުރަމުން ދިޔައީ ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތައްތޯ ނުވަތަ ނޫންތޯ މި ވެސް ހަމަ ސާފުކޮށްލަން ޖެހޭ ކަމެއް" މިނިސްޓަރ ރަމީލާ ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ ޑރ. ހައިދަރުގެ ވާހަކަފުޅުގައި ދަނޑުވެރިކަން ކުރުމަށް ދޫކުރާ ބިން ބޭނުން ކުރުމުގެ ރަނގަޅު އުޞޫލުތަކާއި ޤަވާއިދު ތައް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލި އަލިއަޅުވާލައްވައި އެ ކަމާ ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި މީގެއިތުރަށް ވެސް ރަށްރަށުގެ އެކި އެކި ބޭނުންތަކަށް ކަނޑައަޅުއްވާ ބިންތައް ކަނޑައެޅުމުގެ ކުރިން ރަނގަޅު ގައިޑްލައިން އެ ސިޓީސް މިނިސްޓްރީއާއި މަޝްވަރާ ކުރައްވައިގެން އެކަށަ އެޅުއްވުމުގެ މަސައްކަތް ކުރެއްވުމަށް ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

"ޚައްޞަކޮށް ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަކަށް ބިން ބޭނުންވޭ، ރާއްޖޭގެ ކާބޯތަކެތީގެ ކަންކަން ރަނގަޅުކުރުމަށް ޓަކައި އަދި ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަންތައްތަކާއި ގުޅިފައިވާ ވަރަށް މުހިންމު މަސައްކަތެއް ދަނޑުވެރިކަމަކީ، ވަރަށް ގިނަ ބައެއްގެ އާމްދަނީ އިތުރު ކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް މިމަސައްކަތް އަޅުގަނޑުމެންނަށް ނުގެންދެވޭ ގޮތަކަށް ރަށްރަށުގައި ކަންކަން ދާނަމަ އެއީ ވަރަށް ބޮޑު ކަންބޮޑުވުން އޮތްކަމެއް" ހައުސިންގ މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ.

ސިޓީސް ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ތޮއްޑޫގެ މައްސަލާގައި ކަންކަން ދިމާވި ގޮތް ހޯދާ ބެއްލެވުމަށް މިނިސްޓްރީން ފެކްޓް ފައިންޑިން ޓީމެއް އެ ރަށަށް ޒިޔާރަތްކޮށް ރިޕޯރޓެއް ތައްޔާރުކުރެއްވެވި ކަމަށާއި އެ ކަމުން ދޭހަވެގެން ދިޔަ ކަމަކީ ތޮއްޑުގެ ކައުންސިލުން ނިންމި ނިންމުން ރައްޔިތުންނާއި މަޝްވަރާ ކުރެއްވުމެއް ނެތި ތޮއްޑޫ ކައުންސިލުން އެ ކަން ތަންފީޒުކުރުން ކަމުގައެވެ. އަދި އެ މައްސަލައަށް ގޮތެއް ނުނިމި ގިނދުވަސްވުން އެއީ ކަންބޮޑުވާ ކަމެއްކަމުގައި މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

"މި ކަމާ ގުޅިގެން އަޅުގަނޑުމެން ފެކްޓް ފައިންޑިންގެ ޓީމްގެ ރިޕޯރޓް ވަނީ އެލް.ޖީ.އޭއަށް ހުށައަޅާފައި އޭގެ ފަހުން އެލް.ޖީ.އޭ އިންވެސްޓް ތޮއްޑުއަށް ދަތުރެއް ކުރެއްވި އެވދަތުރުގައި އަޅުގަނޑަށް ލިބުނު ފީޑްބެކަކީ ރައްޔިތުންނާ އެކީގައި ބައްދަލުވުމެއް ބާއްވައިގެން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރެއްވިކަމަށް" މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.

ވަޒީރުންގެ މި މަޝްވަރާ ބައްދަލުވުމުގައި ހުށައެޅުނު ކަންތައްތަކުގެ ތެރޭގައި ދަނޑުވެރިކަން ކުރިއަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކާއި އަދި މިހާރު ބައެއް ރަށްރަށަށް ކުރިމަތި ވެފައިވާ މައްސަލަތަކުގެ އިތުރުން ކައުންސިލްތަކުން ލޭންޑް ޔޫސް ޕްލޭން ހެދުމާއި މި ކަންކަމުގައި ލޯކަލް ކޮންސަލްޓޭޝަން އިތުރަށް ހަރުދަނާކުރުމުގެ އިތުރަށް ރަށްތަކުގައި ހާއްސަގޮތެއްގައި އެކޯ ޓުއަރިޒަމް ރައްޔިތުންނަށް ފައިދާ ކުރަނިވިގޮތަކަށް ބޭނުންކުރުމާއި ގުޅޭ މަޝްވަރާ ކުރެވުނެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު