އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ހުވަދޫ އަތޮޅުގެ 3 އެއަރޕޯޓެއްގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

އައިޝަތު ޝިއުރާ
31 Jul 2024
ހަބަރު

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދު، ހުވަދޫ އަތޮޅުގެ 3 އެއަރޕޯޓެއްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، އިއްޔެއާއި މިއަދު ބައްދަލުކުރައްވާފައިވަނީ ފަރެސްމާތޮޑާ އެއަރޕޯޓާއި، މާވަރުލު އެއަރޕޯޓާއި، ކޫއްޑޫ އެއަރޕޯޓްގެ އިސްވެރިންނާއެވެ.

އިއްޔެއާއި މިއަދު އެ އެއަރޕޯޓްތަކަށް ޒިޔާރަތް ކުރައްވައި، އެ އެއަރޕޯޓްތަކުގެ އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުންތަކަކީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެ އޭރިއާއަށް ނިސްބަތްވާ ހުރިހާ ރަށްްތަކުގެ އިސްވެރިންނާއެކު ބާއްވަމުންދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުންތަކެކެވެ. މި ބައްދަލުކުރެއްވުންތަކުގައި އެ އެއަރޕޯޓްތަކުގައި ޑިއުޓީ އަދާކުރާ ސިފައިންނަށް ދިމާވާ ދަތިތައް ހައްލުކުރުމާ، އެއަރޕޯޓް މުވައްޒަފުންނަށް އެކިކަހަލަ އެވެއަރނަސް ޕްރޮގްރާމްތައް ހިންގުމާއި އަދި އެއަރޕޯޓް އިމަޖެންސީތަކުގައި ދެ ފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި ސަދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޙަލީމާއި، ސަދަން އޭރިއާ ކޮމާންޑްގެ ކޮމްޕޯނަންޓް ކޮމާންޑަރުންގެ އިތުރުން ސްޓާފް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު