މިނިސްޓަރ އަމީން ޖައިކާގެ ކޮންސަލްޓަންޓުންނަށް ބައްދަލުކުރެއްވުން - ފޮޓޯ: ސަރުކާރު

އަމީން ޖައިކާގެ ކޮންސަލްޓަންޓުންނާއި ބައްދަލުކުރައްވައިފި

އަލީ ޝާހީން
01 Aug 2024
ހަބަރު

ރާއްޖޭގެ ރަށްތަކަށް ދަތުރުކުރައްވާ ކުރިއަށް ގެންގޮސްފައިވާ ސަރވޭއާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓަރ އަމީން ޖައިކާގެ ކޮންސަލްޓަންޓުންނާއި ބައްދަލުކުރައްވައިފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގައި ބޭއްވުނު ބައްދަލުވުމުގައި ޖައިކާގެ ހެޑްކުއަރޓަރސްގެ ބޭފުޅުންނާއި މިނިސްޓްރީގެ ކަމާ ބެހޭ ފަރާތްތައްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.      

މި ބައްދަލުވުމަކީ ޖައިކާ އާއި ޖަޕާނުގެ ކޮންސަލްޓަންޓުން ކުރިއަށް ގެންދިޔަ ސަރވޭއަކުން ހޯދި ހޯދުންތަކާ ބެހޭ މައުލޫމާތު މިނިސްޓްރީގެ ބޭފުޅުންނަށް ހިއްސާކުރެއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އާރް.ޓީ.އެލް ފެރީގެ އޮޕަރޭޝަންތަކަށް މި ސަރވޭ ކުރިއަށް ގެންގޮސްފައިވަނީ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢުގެ ދަށުން އެކުލަވާލާފައިވާ އާރް.ޓީ.އެލް ފެރީ ނެޓްވާރކް އަށް ޖަޕާން ސަރުކާރުގެ ފަރާތުން ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) މެދުވެރިވެގެން އެހީ ހޯދުމަށް މި ވުޒާރާއިން ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅިގެންނެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު