ހއ. ހޯރަފުށީ ދާއިރާގެ މެންބަރ ޢަލީ މޫސާއާއި ވަޒީރު އާދަމް ޝަރީފް ބައްދަލުކުރެއްވުން

ހއ. ހޯރަފުށީ ދާއިރާގެ މެންބަރ ޢަލީ މޫސާއާއި ވަޒީރު އާދަމް ޝަރީފް ބައްދަލުކުރައްވައިފި

އަލީ ޝާހީން
01 Aug 2024
ހަބަރު

ލޯކަލް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ހއ. ހޯރަފުށީ ދާއިރާގެ މެންބަރ ޢަލީ މޫސާއާއި ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލުވުމުގައި ޢަލީ މޫސާގެ އިތުރުން ހޯރަފުށީ ކައުންސިލުގެ ރައީސާއި، ކައުންސިލުގެ އިތުރު 2 މެންބަރަކު ބައިވެރިވެފައިވެއެވެ. 

މިއަދު ބޭއްވި މި ބައްދަލުވުމުގައި ރަށުގެ ގިނަ ކަންކަމާއި މަޝްވަރާ ކުރައްވާފައިވެއެވެ، އެގޮތުން  ކައުންސިލުގެ އައު ޢިމާރާތުގެ މަސައްކަތް ލަސްވަމުން އަންނަ މައްސަލައާއި، ކައުންސިލު އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ އިނގުރުފިނޮޅު ޓުއަރިޒަމަށް ހުޅުވާލުމުގެ ހުއްދަ އަދި މީގެ އިތުރުން ޓުއަރިޒަމް މިނިސްޓްރީން ހަމަނުޖެހި ލަސްވަމުންދާ މައްސަލަ ހިއްސާކުރެއްވާފައިވެއެވެ.

މީގެ އިތުރުން ކައުންސިލުތައް މިންކުރާ ޕަރފޯރމަންސް އިންޑެކްސްއަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ހުރިކަން އެ ބޭފުޅުން ފާހަގަކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި ވަޒީރު ވަނީ، އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތައް ޙައްލުކޮށް ދެއްވުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު މަޝްވަރާކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު