"ވިޒިޓް މޯލްޑިވްސް ޕްރޯ 2024" ރަސްމީކޮށް ފަށައިފި

އައިޝަތު ޝިއުރާ
03 Aug 2024
ހަބަރު

އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ "ވިޒިޓް މޯލްޑިވްސް ޕްރޯ 2024" ރަސްމީކޮށް ފަށައިފި އެވެ.

ދުނިޔޭ ބޮޑީބޯޑިން ޖަމިއްޔާ (އައިބީސީ)ގެ އެންމެ ބޮޑު މުބާރާތްތަކުގެ ތެރޭގައި ހިމެނޭ "ވިޒިޓް މޯލްޑިވްސް ޕްރޯ 2024" ރަސްމީކޮށް މިއަދު ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ.

އައިބީސީ ވޯލްޑް ޓުއާގެ "ވިޒިޓް މޯލްޑިވްސް ޕްރޯ 2024"ގައި މިއަހަރު 14 ގައުމަކުން 86 އެތުލީޓުން ވާދަކުރެ އެވެ. މީގެ ކުރިން މި މުބާރާތް ބޭއްވި ދެ އަހަރުވެސް ބޮޑު ތަރުހީބެއް މި މުބާރާތަށް ލިބުނެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު "ވިޒިޓް މޯލްޑިވްސް ޕްރޯ 2024" ގައި އޮންނާނީ ތިން އިވެންޓެކެވެ. އެއީ ފިރިހެން އޯޕަން، އަންހެން އޯޕަން އަދި ޖޫނިއާ އޯޕަން އެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު