ދިވެހިރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް ލަންކާގެ އެހީތެރިކަން ހޯދަނީ!

އައިޝަތު ޝިއުރާ
04 Aug 2024
ހަބަރު

ދިވެހިރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް އަވަށްޓެރި ސްރީލަންކާ އިން އެހީތެރިވާން ތައްޔާރަށް އޮތްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ޓީ20 ޕްރެޒިޑެންޓްސް ކަޕް 2024 ގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ސާކް ސަރަހައްދަކީ ކްރިކެޓުގައި ވަރުގަދަ ގައުމަތައް ހިމެނޭ ސަރަހައްދަކަށްވެފައި، ކްރިކެޓް ކުރިއެރުވުމަށް މި ސަރަހައްދުގެ ގައުމުތަކުން އެހީތެރިކަން ހޯދުން މުހިންމު ކަމަށެވެ.

މި ކަމާ ގުޅޭ ގޮތުން ސްރީލަންކާގެ ކުޅިވަރު ވަޒީރާއިއެކު މަޝްވަރާ ކުރެވިފައިވާކަމަށާއި، އެ ގައުމުން ތިބީ ދިވެހިރާއްޖެއަށް އެހީވާން ތައްޔާރަށްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސްރީލަންކާގެ ކުޅިވަރު ވަޒީރާއިއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދެކެވުނުކަމަށާއި، ދިވެހިރާއްޖެއަށް އެހީތެރިވެދެއްވާނެކަމުގެ ޔަގީންކަން ސްރީލަންކާގެ ވަޒީރު ދެއްވިކަމަށެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު