އިސްލާމިކް ޔުނިވާސިޓީ އިން "މީޑިޔާ އެތިކްސް" ނަމުގައި ވޯކްޝޮޕެއް ބާއްވަނީ

އައިޝަތު ޝިއުރާ
04 Aug 2024
ހަބަރު

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް) ގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނިލެޖް އެންޑް ހިއުމަން ސައިންސް ފެކަލްޓީއާއި އިންފޮމޭޝަން ކޮމިޝަނަރސް އޮފީހާއި ގުޅިގެން މީޑިޔާ އެތިކްސްގެ ނަމުގައި ވޯކްޝޮޕެއް ބޭއްވުމަށް ތައްޔާރުވެ، ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކީ ވޯކްޝޮޕްގެ ބައިވެރިންނަށް، އިސްލާމީ ނަޒަރަކުން މީޑިޔާއާއި ގުޅޭގޮތުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް މަޢުލުމާތު ޙިއްސާކުރުމާއި، ޕަބްލިކް ސްޕީކިންނާއި ގުޅޭ އުކުޅުތައް އަދި އެނޫން ވެސް މުޢާސަލާތުކުރުމާއި ގުޅޭ މަޢުލުމާތު ފޯރުކޮއްދިނުމެވެ.

"މީޑިޔާ އެތިކްސް"ގެ ނަމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އިން ބާއްވާ މި ވޯކްޝޮޕްގައި ޕަބްލިކް ސްޕީކާސްގެ ގޮތުގައި ބައިވެރިވެލައްވާނީ، އައި.ޔޫ.އެމްގެ ސީނިއަރ ލެކްޗަރާ، ޝެއިޙް އަބްދުﷲ މުޙައްމަދު، މީޑިޔާގައި މަސައްކަތްކުރައްވާ ބޭފުޅެއްކަމައްވާ، ޢަލީ ޝާމިން، މޯލްޑިވިސް މޮނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ މީޑިޔާ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ، މުޙައްމަދު ނާސިހް އަދި އިންފޮމޭޝަން ކޮމިޝަނަރސް އޮފިސްގެ ސެކްޓްރީ ޖެނެރަލް، އިދްރީސް އިސްމާއިލެވެ.

07 އޮގަސްޓް 2024 ވާ ބުދަ ދަވަހުގެ ހެނދުނު 9:00 އަކުން މެންދުރު 12:00އަށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ކުރިއަށްގެން ދިޔުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި، ބައިވެރިވުމަށް 05 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ގޫގަލް ފޯމް ފުރިހަމަކުރުމަށްފަހު މި ވެބިނާގައި ބައިވެރި ވުމަށް ރެޖިސްޓަރ ކުރެވޭނެއެވެ. (https://forms.gle/ShbwbCmxnJkHFuV16)

ކޮމެންޓް
އިތުރު ލިއުން
އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100 އިމާމުންނަށް ރާއްޖޭން ބޭރުން ތަމްރީން ހޯދައިދިނުން - ޝަހީމް
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100 އިމާމުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީންގެ ފުރުސަތު ހޯދައިދިނުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
19 Sep 2024
ހަބަރު
ކުނިމެނޭޖްކުރުމަށް ބޭނުންކުރާ ވަސީލަތްތައް 18 ރަށަކަށް ހަވާލުކޮށްފި
ރާއްޖޭގެ ކުނިމެނޭޖްކުރުމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓެނެވިގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤުސަދުގައި މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނުގެ އެހީގައި ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުނިއުފުލަން ބޭނުންކުރެވޭ ޑަމްޕް ޓްރަކް ވަނީ ޒޯން 3 (އއ، އދ، ވ، އަދި ކ) ގެ 18 ރަށަކަށް ދެވިފައެވެ. އަދި އޭގެ އިތުރުން ކުނި އެއްކުރަން ބޭނުންކުރާބިން އަދި ކުނިރައްކާތެރިގޮތުގައި ގުދަންކުރުމަށް ބޭނުންކުރާނެ ބޭލިން މެޝިން ވަނީ 15 ރަށަކާ އެމިނިސްޓްރީން ވަނީ މިއަދު ހަވާލުކޮށްފައެވެ.
19 Sep 2024
ހަބަރު
ކިންގް ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ލައިބްރަރީ ޤާއިމް ކުރަނީ
ކިންގު ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ލައިބްރަރީ ޤާއިމްކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
18 Sep 2024
ހަބަރު
މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިފާޑާއެކު މަޝްވަރާކޮށްފި
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑު) ގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
18 Sep 2024
ހަބަރު