ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ކުދިންގެ ދަފްތަރުގައި މިހާތަނަށް އެއްހާހަށްވުރެ ގިނަކުދިން ރަޖިސްޓްރީކޮށްފި

އައިޝަތު ޝިއުރާ
04 Aug 2024
ހަބަރު

ރާއްޖެއިން ބޭރުގައި ތަޢުލީމް އުގެނެމުންއަންނަ ކުދިންގެ ދަފްތަރުގައި މިހާތަނަށް އެއްހާހަށްވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީކޮށްފިއެވެ.

ސަރުކާރުން ދެއްވާ ސްކޮލޮޝިޕް އާއި ލޯނުގައި ކިޔަވަމުން އަންނަ ކުދިންގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވަމުންއަންނަ ދިވެހި ދަރިވަރުންގެ ދަފްތަރެއް އެކުލަވާލެއްވީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

މި ދަފްތަރު ހުޅުވާލިފަހުން މިހާތަނަށް 1878 ދަރިވަރަކު ވަނީ ރަޖިސްޓްރީކޮށްފައެވެ. މި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ބައިލެޓަރަލް ސްކޮލަރޝިޕްގައި ހިމެނޭ 114 ދަރިވަރުން، ސަރުކާރު ސްކޮލޮޝިޕުން 293 ދަރިވަރުންގެ އިތުރުން ސަރުކާރު ލޮނުގެ ދަށުން 1402 ދަރިވަރުން އަދި އަމިއްލަ ޚަރަދުގައި ނުވަތަ އެހެނިހެން ގޮތްގޮތުން ކިޔަވަމުން އަންނަ 69 ދަރިވަރުންނެވެ.

މިގޮތަށް ދަފްތަރެއް އެކުލަވާލެވުމުގެ ބެނުމަކީ ރާއްޖެއެއިން ބޭރުގައި ތައުލީމް އުގެނަމުން އަންނަ ދަރިވަރުންގެ ކަންކަން މޮނީޓަރކޮށް ބެލެހެއްޓުމުގައި ލުއިފަސޭހަގޮތްތަކެއް ފަހިކުރުމެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު