ޓްރައިޕާޓައިޓް ލޭބަރ އެޑްވައިޒަރީ ބޯޑުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

އައިޝަތު ޝިއުރާ
04 Aug 2024
ހަބަރު

ޓްރައިޕާޓައިޓް ލޭބަރ އެޑްވައިޒަރީ ބޯޑު( ތިންފަރާތުގެ މަސައްކަތްތެރިންގެ ލަފާދޭ ބޯޑު) ގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

ފުރަތަމަ ތިންފަރާތުގެ މަސައްކަތްތެރިންގެ ލަފާދޭ ބޯޑަކީ މަސައްކަތްތެރިންނާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދިނުމަށް އެކުލަވާލެވިފައިވާ ބޯޑެކެވެ.

މި ބޯޑުގައި ހިމެނިވަޑައިގަންނަވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް އެކްޓް (1/2024) ގެ 88 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު ޢައްޔަންކުރެއްވެވި ސަރުކާރުގެ އިދާރާތަކާއި، ވަޒީފާދޭ ފަރާތާއި، މަސައްކަތްތެރިންގެ މަންދޫބުންނެވެ.

މި ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ބޯޑުގެ މެންބަރުންގެ ތަޢާރަފް ވެވަޑައިގެން، އިންޑަސްޓްރިއަލް ރިލޭޝަންއާ ގުޅޭ ޤާނޫނުގެ ހުލާސާ ވަނީ ހުށައަޅާފައެވެ. އަދި ބޯޑުގެ ހިންގާ ގަވައިދަށް މަޝްވަރާކުރުމާއި، ޔޫނިއަން ރަޖިސްޓަރީކޮށް ހިންގުމާއި ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު (ގަވައިދު ނަންބަރު R-56/2024) ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އޭގެ އިތުރުން ބޯޑުގެ މެންބަރުން ހުށައެޅުއްވި އެހެނިހެން ކަންކަމާއި މެދު މަޝްވަރާ ކުރުންވެސް މި ބައްދަލުވުމުގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ތިންފަރާތުގެ މަސައްކަތްތެރިންގެ ލަފާދޭ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު މި ޤާނޫނުގެ ދަށުން ޢައްޔަންކުރެއްވެވި ސަރުކާރުގެ އިދާރާތަކާއި، ވަޒީފާދޭ ފަރާތާއި، މަސައްކަތްތެރިންގެ ޔޫނިއަންތަކުން ކަނޑައަޅުއްވާ މަންދޫބުންނެވެ. މިގޮތުން މި ތިން ފަރާތުގެ މަޞްލަޙަތުތައް ހިމާޔަތްކުރެވޭ ގޮތަށް މަސައްކަތްތެރިންނާ ގުޅޭ ސިޔާސަތުތަކާއި ޤާނޫނުތައް އެކުލަވާލުމުގައި މަޝްވަރާކުރެވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު