މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.މަރްޔަމް މާރިޔާ ވިލާ ކޮލެޖަށް ޒިޔާރަތްކުރެއްވުން

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.މަރްޔަމް މާރިޔާ ވިލާ ކޮލެޖަށް ޒިޔާރަތްކުރައްވައިފި

އަލީ ޝާހީން
05 Aug 2024
ހަބަރު

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ވަނީ ވިލާ ކޮލެޖުގެ ދަޢުވަތަކަށް އެ ކޮލަޖަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތް ކުރެއްވުމުގައި މިނިސްޓަރ ވަނީ އެ ކޮލެޖުގެ ބައެއް އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމަކީ މަތީ ތަޢުލީމު ކުރިއެރުވުމާއި ޒުވާނުންގެ ހުނަރު ތަރައްޤީކުރުމައްޓަކައި، ވިލާ ކޮލެޖާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މި ޒިޔާރާތުގައި، ވިލާ ކޮލެޖުން ވަނީ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއަށް ހޫނު މަރުޙަބާއެއް ކިޔައިފައެވެ. އަދި އެ ކޮލެޖުގެ ހޯލް، ކްލާސް ރޫމް، ސައިކޮލޮޖީ ލެބް، ނާސިންގ އެންޑް ފާމަސީ ލެބް، ލައުންޖް އަދި ލައިބްރަރީ ފަދަ އެކި އެކި ތަންތަން އެކަމަނާއަށް ދައްކާލުމުގެ އިތުރުން ކޮލެޖާއި ގުޅޭ އިތުރު މަޢުލުމާތު ވަނީ ޙިއްސާކޮއްފައެވެ.

މި މަހުގެ 4 ވީ އާދިއްތަ ދުވަހު ވިލާ ކޮލެޖުގެ ބޯޑު ރޫމުގައި ބޭއްވުނު މި ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާގެ އިތުރުން އެ ވުޒާރާގެ އެހެނިހެން މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ. އަދި ވިލާ ކޮލެޖުގެ ފަރާތުން ބައިވެރިވި ބޭފުޅުންގެ ތެރޭގައި ކޮލެޖުގެ ރެކްޓަރ، ވައިސް ރެކްޓަރ އަދި އެ ކޮލިޖުގެ އެހެނިހެން އިސް ބޭފުޅުން ހިމެނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު