ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން-- ފޮޓޯ: ޕީއެސްއެމް

ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް އެއްވެސް ބަޔަކު ހިޔާނާތްތެރިވެފައި ވާނަމަ އެމައްސަލަ ބަލާނަން - އިހުސާން

އަލީ ޝާހީން
14 Jul 2024
ހަބަރު

ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް އެއްވެސް ސަރުކާރަކުން ހިޔާނާތްތެރިވެފައި ވާނަމަ އެމައްސަލަ ބަލާނަނަންކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒާރާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިހުސާން ވިދާލުވީ ދައުލަތުގެ އެއްވެސް އެސެޓަކަށް ނުވަތަ މުދަލާއި ފައިސާއަށް އެއްވެސް ސަރުކާރަކުން ނުވަތަ އެއްވެސް ފަރާތަކުން ޣައްދާރުވެފައިވާނަމަ އެ މައްސަލަ ބަލާނެ ކަމަށެވެ. އަދި އެކަންކަމުގައި ވަކި ބަޔަކު އިސްތިސްނާ ނުކުރާން ކަމަށް އިހުސާން ވިދާޅުވިއެވެ. 

މީގެ އިތުރުން އިހުސާން ވިދާޅުވީ  ކުރީސަރުކާރުވިޔަސް އަދި އެހެން ސަރުކާރަކުން ކުރި ކަމުގައިވިޔަސް ޢައްދާރުވެފައިވާނަމަ އެމައްސަލަ ބަލާނެކަމަށާއި އަދި ވަކި ބަޔަކަށް ޓާގެޓް ކޮށްގެން މަސައްކަތް ނުކުރާނެކަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން މިހެން ވިދާޅުވެފައިވަނީ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދއްވަމުންނެވެ.

މިހާރުވެސް އެކި އެކި މައްސަލަތަށް ބަލަމުން ގެންދާކަމަށް ފާހަގަކުރައްވާ އިހުސާން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ގުޅިގެން ކުރިއަށް އޮތްތަނުގައިވެސް އެމަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށާއި ފުލުހުންވެސް އެއްބާރުލުން ދެއްވާނެކަމަށެވެ. 

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު